ޚަބަރު

ސިޔާސީ ޕާޓީތަކުން ކުރާ މުޒާހަރާތަކުގައި ޤައުމީ ދިދައިގެ ހުރުމަތް ކަނޑާ ނުލައްވާ: ރީކޯ މޫސަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ކުރާ މުޒާހަރާތަކުގައި ޤައުމީ ދިދަ ހިގައިގެން އުޅޭއިރު، އެދިދައިގެ ހުރުމަތް ކަނޑާނުލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.

ރީކޯ މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކުރާ މުޒާހަރާތަކުގައި، ދިވެހި ދިދަ ހިފައިގެން ނުކުމެ ހަމަނުޖެހުން ހިނގާ ވަގުތު އެދިދައިގެ ހުރުމަތް ކަނޑާނުލެެއްވުމަށެވެ.

"ދިވެހި ޤައުމީ ދިދަޔަކީ މިޤައުމުގެ މިނިވަންކަމާ ޝަރަފް އިސްލާމްދީނާ ގައުމިއްޔަތު ރަމްޒުކޮށްދޭ އެއްމެހާ ދިވެހިންގެ ޤައުމީ ދިދަ ކަމުގައި ވާއިރު ސިޔާސީ ޕާޓީތަކުން ކުރާ މުޒާހަރާތަކުގައި ދިވެހި ދިދަ ހިފައިގެން ނުކުމެ ހަމަނުޖެހުން ހިނގާވަގުތު ދިދައިގެ ހުރުމަތް ކަނޑާނުލައްވާ" މޫސާ މަނިކު ވިދާޅުވެފައިވެއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު، މިފަހަކަށް އައިސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި މިހާރު ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގައި، އެމުޒާހަރާގެ ބައިވެރިން ދަނީ ޤައުމީ ދިދަ ބޭނުން ކުރަމުންނެވެ.

Ads by HDC
  1. އަޑުސަރަކަ

    އަނެއްކާވެސް ހިތުގައި ރައީސްކަމުގެ ވިންދު ޖަހަނީބާ؟