ޚަބަރު

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސިވިލްކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ، ހާޒިރު ވެފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާތީ އެކަމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވަނީ އޭނާގެ ފޮޓޯ އާންމުކޮށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

މިއަމުރާ ގުޅިގެން ހޯދަމުން ދަނީ ސ. ހިތަދޫ / ރޯލްމަންޒިލް، އިލްޔާސް އަލީ، 52އ އެވެ. އިލްޔާސް އަލީ ހޯދަމުން ދަނީ، ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވި ނަމަވެސް ހާޒިރުވެފައި ނުވުމުގެ ސަބަބުންނެވެ. އޭނާ ބަންދުގައި ބަހައްޓައިގެން 17 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ހެނދުނު 9:45 އަށް ސިވިލްކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު، 9991442 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!