ޚަބަރު

ދެވަނަ ދައުރެއް ބޭނުންވާ ކަމުގެ އިޝާރާތެއް މިހާ އަވަހަށް ދެއްވުމަކީ ހުދުމުހުތާރުކަން އަންގައިދޭ ކަމެއް: އާދަމް ޝަރީފް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާ އަވަހަށް ހާމަ ކުރެއްވުމަކީ ހުދުމުހުތާރު ކަން ހާމަވެގެންދާ ކަމެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ ރާއްޖެއަށް ފުރިހަމަ ތަރައްޤީއެއް ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރައީސްކަމުގެ ދެ ދައުރު ދެއްވަން ޖެހޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އާދަމް ޝަރީފް ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކަން ފާހަގަ ކުރައްވައި އެމްޑީޕީގެ އޮޑި އުޅެނީ ފެތެންތޯ ސުވާލު ކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގާގޮތުން ތަރައްޤީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށާއި އެގޮތުން 5 އަހަރުގެ 1 ދައުރަށް ވުރެ ދިގުކޮށް މިހާތަނަށް އައިރު ރާއްޖޭގެ ޑިމޮކްރަސީގައި ވެރިކަން ކުރެވިފައި ނުވާއިރު، މި މުއްދަތަކީ ތަރައްޤީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫން ކަމަށެވެ.

ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެކަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭ އެނގިގެން ދާނެ ކަމަށާއި، ދެވަނަ ދައުރުގެ ކެމްޕެއިންގައި ބައިވެވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!