ޚަބަރު

މުސްތަފާ ވިދާޅުވަނީ މަބުރޫކް ބޮލަށް ބޭސްކުރަން ޖެހިފައި ވާކަމަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ބޮލަށް ބޭސް ކުރަން ރަނގަޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

Ads by STELCO

މުސްތަފާ ވިދާޅުވެފައި ވަނީ ރާއްޖެއަށް ފުރިހަމަ ތަރައްޤީއެއް ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރައީސްކަމުގެ ދެ ދައުރު ދެއްވަން ޖެހޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވުމާ ގުޅިގެންނެވެ.

"މަބުރޫކް ބޮލަށް ބޭސް ކުރަން ރަނގަޅުކަމަށް ފެނޭ. މިހާރު ކޯވިޑްވެސް ނިމުމަކަށް ދަނީ." މަބްރޫކަށް ރައްދު ދެއްވައި މުސްތަފާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގާގޮތުން ތަރައްޤީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށާއި އެގޮތުން 5 އަހަރުގެ 1 ދައުރަށް ވުރެ ދިގުކޮށް މިހާތަނަށް އައިރު ރާއްޖޭގެ ޑިމޮކްރަސީގައި ވެރިކަން ކުރެވިފައި ނުވާއިރު، މި މުއްދަތަކީ ތަރައްޤީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫން ކަމަށެވެ.

ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެކަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭ އެނގިގެން ދާނެ ކަމަށާއި، ދެވަނަ ދައުރުގެ ކެމްޕެއިންގައި ބައިވެވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance
  1. މުސްތަފާ އެވިދާޅުވީ ވަރަށރަނގަޅުވާހަކައެއް.

  2. މުސަޅު

    މުސްތަފާގެެ ދުލަށްް ބޭސްް ކުރަންޖެހިފައި