ޚަބަރު

ޑރ. ޒާހިރު އީސީއަށް އައްޔަންކުރަން މަޖިލީހުގެ ރުހުންދީފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އައްޔަން ކުރުމަށް ނަން ފޮނުވި ޑރ. މުހައްމަދު ޒާހިރު އަށް ރުހުން ދޭން މަޖިލީހުން ނިންމައިފިއެވެ.

Ads by STELCO

ޑރ ޒާހިރު އެ މަޤާމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި 37 މެމްބަރުންގެ ވޯޓުންނެވެ.

އިލެކްޝަން ކަމިޝަންގެ މެމްބަރަކު މަދުވެފައި ވަނީ އެކޮމިޝަން މެމްބަރު އަހުމަދު އަކުރަމް މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަކުރަމް ހުންނެވީ އޭރު އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމުގައެވެ. އެ މަގާމުގައި މިހާރު ހުންނެވީ އީސީގެ މެމްބަރު އިސްމާއިލް ހަބީބެވެ.

ޑިވެލޮޕްމެންޓް އެޑްމިނިސްޓްރޭޝަނުން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ޑރ ޒާހިރު ވަނީ މީގެ ކުރިން ވެސް އެ ކޮމިޝަނުގައި މަސައްކަތް ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!