ޚަބަރު

ބިދޭސީއަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވ. އަންބަރާ ކައިރިން ޑިންގީއެއްގައި ބިދޭސީއަކު އޮޔާ ދަނިކޮށް ސަލާމަތް ކޮށްފިއެވެ.

Ads by Hajj Corporation

އެމްއެންޑީއެފް ގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ސަލާމަތް ކޮށްފައިވަނީ ލަންކާ މީހެއް ކަމަށެވެ.

އެޑިންގީ އޮޔާދަނިކޮށް ފެނިފައި ވަނީ "މޯލްޑިވިއާނާ" ނަމަކަށް ކިޔާ ސަފާރީއެއްގައި ތިބި މީހުންނަށް ކަމަށާއި ކޯސްޓްގާޑްގެ ބެލުމުގެ ދަށުން އެ ޑިންގީ ވ. ފެލިދުއަށް މިހާރު ގެންދާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ޑިންގީގައި ހުރީ ލަންކާ މީހެއްކަން އެނގިފައި ވަނީ އޭނާގެ އަތުގައިހުރި ލިޔެކިޔުންތަކުން ކަމަށް ވެސް އާޒިމް ވިދާޅުުވިއެވެ.

ލަންކާ، އިންޑިއާއިން މަހަށް ނިކުންނަ ބައެއް މަސްވެރިން ހާލުގައި ޖެހި ރާއްޖެ ސަރަހައްދުން ދޭތެރެ ދޭތެރެއިން ފެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!