ޚަބަރު

“ނޯޓިސް ލިބިއްޖެ، މާދަމާ އަނބުރާ ފޮނުވާލާނަން”

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން ނޯޓިސް ލިބިއްޖެ ކަމަށާއި އެ ނޯޓިސް އަނބުރާ ، މާދަމާ ފޮނުވާލައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ ކުރެއްވި ޓްވީޓެއްގައި މަލީޙް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ލިބިވަޑައިގެންނެވި ނޯޓިސްގައި ގާނޫނީ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ.

“ ނޯޓިސް ލިބިއްޖެ. ކަމުދާކަށް ނެތް. ޤަރާރު ތައްޔާރު ކުރެއްވި އެމްޕީ މަޖިލިސް ގެ 14 މެންބަރަކަށް ވަނީ އޮޅުވާލާފަ. ސުލޫކީ ފިޔަވަޅު އަޅަންޖެހޭ. ގަރާރު ބާތިލު، ހަމަނުޖެހޭ ދޮގު ވާހަކަ، ނަން ދިމާ ނުވޭ. ވަރަށް ބޮޑު ޤާނޫނީ މައްސަލަތަކެއް. މާދަމާ ނޯޓިސް އަނބުރާ ފޮނުވާލާނަން “ މަލީހު ޓުވީޓު ކުރައްވާފައި ވެއެވެ.

މިނިސްޓަރ މަލީޙްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ މެމްބަރުންނެވެ. އެ މައްސަލަ ދިގު ދެމިގެން ދިޔުމަކީ ވެސް އެމްޑީޕީ މެމްބަރުންގެ މެދުގައި ނުތަނަވަަސްކަން އޮތް ކަމެކެވެ. މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން އެ މަނިކުފާނު ކުރިން ވިދާޅުވެފައި ވަނީ ފަސްޖެހި ވަޑައިނުގަންނަވާނޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!