ޚަބަރު

ކޮވިޑް-19: ގައްދޫން މީހަކު ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގދ. ގައްދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

Ads by Hajj Corporation

"ދެން" އަށް އެނގިފައިވާ ގޮތުގައި ފައްސިވެފައި ވަނީ އެރަށުގައި ކަރަންޓީނުގައި ހުރި ފިރިހެނެކެވެ.

ކަރަންޓީނަށް އޭނާ އެރަށަށް ގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އޭނާ ފައްސި ވެފައިވާކަން އެނގިފައިވަނީ ހޯމް ކަރަންޓީނުގައި ހުއްޓާ ހުމުގެ އަސަރު ހުރެގެން ނެގި ސާމްޕަލްގެ ނަތީޖާއިންނެވެ.

ގައްދޫން މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން މިވަގުތު ދަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19 އަށް 18،224 މީހަކު ފައްސި ވެފައިވާއިރު، 15،768 މީހަކު ވަނީ ރަނގަޅު ވެފައެވެ. އަދި 58 މީހަކު މިބަލީގައި ނިޔާވެފައިވެއެވެ.

އެޗްޕީއޭއިން އިއްޔެ އާންމުކުރި ސާވެލެންސް ޑޭޓާއަށް ބަލާއިރު އިއްޔެ މާލެއިން 129 މީހަކު އަދި އަތޮޅު ތެރެއިން 6 މީހަކު މިބައްޔަށް ފައްސި ވެފައިވެއެވެ.

ކޮވިޑް ފެތުރުން ރައްކާތެރި ކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިހާރު މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!