މާލޭގައި ގޮނޑުކުރާ ތަންތަނުގެ ފޮޓޯ އާންމު ކުރަނީ

މާލެ ސަރަހައްދުގައި އެކި ތަންތަނަށް ކުނި އަޅައި ގޮނޑުކުރާ ތަންތަނުގެ ފޮޓޯ އާންމު ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ކައުންސިލުން މިއަދު ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ ޕެލެޓާއި ކުނީގެ މައްސަލަތައް ގިނަވެފައިވާ ކަމަށާއި މި އެއްޗެހި ނަގާ ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި މިގޮތަށް ކުނި އެޅުން ތަކުރާރު ކުރާނަމަ އެ ތަންތަނުގެ ފޮޓޯ މީޑިއަށް އާންމުކުރާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މާލޭގެ ބައެއް ސަރަހައްދުގައި މަގުތަކަށާއި ބައެއް ތަންތަނަށް ކުނި އެޅުމަކީ އަބަދުވެސް ވަރަށް ބޮޑު މައްސަލައެކެވެ. މިކަން ހައްލު ކުރުމަށް މިހާތަނަށް އެދެވޭ އެއްވެސް ކަމެއް ކޮށްފައި ނުވާކަން ވެސް ފާހަގަކޮށްލެވެއެވެ.
މިމީހުން ޖޮބު އަދާ ކުރާ ގޮތް ދޯ