ޚަބަރު

ބޭހަށް ދާ މީހުންނާ ޖާމިނު ކުރުމެއް ނޯވޭ: ޕީޖީ ޝަމީމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބަންދުގައި ތިބޭ މީހުން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާއިރު މީހަކު ޖާމިނު ވުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް، އޭނާ ފުރުމަށް އެކޯޓުން ހުއްދަ ދިން މައްސަލައާ ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޕީޖީ ޝަމީމު މިއަދު ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ.

އެ ކޮމިޓީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ބޭސް ފަރުވާއަށް ދާ މީހުންނާ އެހެން މީހަކު ޖާމިނު ވުމަކީ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނުގައި "ޖާމިނުވުން" އެ ލަފްޒު ބޭނުން ކޮށްފައި ވަނީ މިކަމާ އެއްވެސް ވަރަކަށް ގުޅޭ ކަމަކާ ވެސް ނޫން ކަމުގައިވެސް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، އެއީ ކްރިމިނަލް ކޯޓުން ކިހިނެއް ނެރުނު އަމުރެއްކަން ސާފު ވެސް ނުވާ ކަމަށެވެ.

"ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަ މީހާ ބަންދުން ދޫކުރަން ޖާމިނުވާން ގާނޫނުގައި އޮންނަނީ... މިގޮތަށް(އަލީ ވަހީދު ދޫކޮށްލި ގޮތަށް) ޖާމިނު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން. ދެން ޖެހޭނީ ގާނޫނު ބަދަލު ކުރަން" ޕީޖީ ޙުސެއިން ޝަމީމް ވިދާޅުވި އެވެ.

Ads by HDC
  1. ޖާނޭ

    ޖަލުގައި ތިބި ހުރިހާ އެއްމެނަށް އަހަރެން ޖާމިނުވުން ދޭނަން.އެންމެން ދޫކޮއްލާ ޖަލުން.