ހަގީގީ ހާދިސާ

ހަގީގީ ހާދިސާ: ދިވެހި ސިހުރުވެރިއެއްގެ ތަޥްބާއާއި އޭނާގެ ނިމުން އައިގޮތް!

އާއިޝަތު އަލީނާ ، ދެން އޮންލައިން

ސިހުރު ހެދުމަކީ މުޑުދާރުކަން ބޮޑު ފާފައެކެވެ. ނުރައްކާތެރި ކަމެކެވެ. އެތައް ބަޔަކަށް ގެއްލުމާއި އަނިޔާދީ ހަދާ ، މި އަމަލަކީ މީހާ ޝިރުކުގެ ތެރެއަށް ވައްޓާލާ ޢަމަލެކެވެ.

އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. “ސިޙުރަކީ ގޮށްތަކަކާއި، ކިޔެވެލިތަކަކާއި، ވާހަކަދައްކާ ބަސްތަކެއް ނުވަތަ ލިޔާ ބަސްތަކެކެވެ. ނުވަތަ ސިޙުރު ހެދޭ މީހާގެ ގައިގައި ބީހުމެއްނެތި އޭނާގެ ހަށިގަނޑަށް، ނުވަތަ ހިތަށް، ނުވަތަ ވިސްނުމަށް އަސަރު ކުރުވާ ގޮތަށް ކުރެވޭ ކަންކަމެވެ. ސިޙުރުގައި ޙަޤީޤަތެއް ވެއެވެ. އޭގެ ތެރޭގައި މީހާ ބަލިކޮށްލާ ތަކެތި ވެއެވެ. އަދި މަރާލާ ތަކެތި ވެއެވެ. އަދި ދެމަފިރިން ދުރުކުރާ ތަކެއްޗާއި، ދެމަފިރިން ޖިމާޢުވުމުން ދުރުކުރާ ތަކެތިވެއެވެ. އަދި ދެމީހެއްގެ ދެމެދުގައި ރުޅިވެރިކަން އުފައްދާ ތަކެއްޗާއި، ދެމީހުން ގަދަކަމުން ތަތް ކުރުވާ ތަކެތި ވެއެވެ.”

މި ވާހަކައަކީ މެދު ރާއްްޖެތެރޭ ރަށަކަށް ނިސްބަތްވާ ސިހުރުވެރިއަކަށް ދިމާވި ހާދިސާއެކެވެ. އެއީ ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް މަޝްހޫރު ސިހުރުވެރިއެކެވެ. ޝައިޚް އާދަމް ނިޝާންއާ ހަވާލާ ދެއްވާ މި ވާހަކަ ކިޔައި ދެއްވާފައި ވަނީ މަދީނާއިން ތަޢުލީމް ޙާޞިލް ކުރެއްވި ޝައިޚް އަހުމަދު ނާޒިލް އެވެ. ޝައިޚް އާދަމް ނިޝާން ވެސް ވަނީ މިވާހަކައިގެ ތެދުކަން ހާމަ ކޮށްދެއްވާފައެވެ.

"މަދީނާއަށް ޙާޖީން ޒިޔާރަތް ކުރުމުން ޙާޖީންނަށް ދީނުގެ ދަޢުވަތު ފޯރު ކޮށްދިނުމީ މަދީނާ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ދީނުގެ ކަންކަން އޮޅުން ފިލުވައިދީ ސުންނަތަށް ލޯބި ޖެއްސުމުގެ މަޤްޞަދުގައި ޙާޖީންނަށް ދަރުސްދީ، ޕްރޮގްރާމްތައް ހިންގުމީ މަދީނާ ޔުނިވަރސިޓީގައި ކިޔަވާ ދިވެހި ދަރިވަރުން ކުރަމުން އަންނަ ކަމެކެވެ.

‎މިގޮތުން އެއް ފަހަރަކު ޙައްޖަށް އައިސް އުޅުނު ދިވެއްސަކީ ސިޙުރު ހަދާ މީހެއް ކަމުގައި ޝެއިޚު ނިޝާންއަށް ޚަބަރު ލިބުމުން، މަދީނާގެ މުޤައްދަސް ތަންތަނަށް ޙާޖީން ބަހުގައި ކުރި ޒިޔާރަތުގައި މިސިޙުރުވެރިޔާ އިން ބަހުގައި ތަޥްޙީދާއި ޝިރުކާ ބެހޭ ގޮތުން ދަރުސް ދެއްވިއިރު ސިހުރު ހެދުމާއި ތަވީދު އެޅުމުގެ ވާހަކަ ދެއްކެވިއެވެ. އެއީ އަދި އަޅުގަނޑު މަދީނާއަށް ދިއުމުގެ ކުރިއެވެ. ޝެއިޚް ނިޝާން އަޅުގަނޑަށް މިވާހަކަ ކިޔައިދެމުން ވިދާޅުވީ ޤުބާ މިސްކިތަށް ދިޔައިރު އެސިޙުރުވެރިޔާގެ ވަރު ދެރަ ވާން ފަށައިފިއެވެ. އަދި އުޙުދު ހަނގުރާމަ ކުރެވުނު ސަރަޙައްދަށް ބަހުގައި ދިޔައިރު ވެސް ޝެއިޚު ދަރުސް ދެއްވިއެވެ. އުޙުދުގެ މައިދާނަށް ޙާޖީން ފޭބިއިރު މި ސިޙުރުވެރިޔާ ބަލިވެ ބަހުން ފޭބޭ ގޮތް ވެސް ނުވިއެވެ. އަދި އޭރު އޭނާއަށް ވަނީ ގަޔަށް ކުޑަކަމު ވެސް ދެވިފައެވެ.

‎ކޮންމެއަކަސް އެމީހާ ބަލިބޮޑުވެގެން ދެން ގެންގުޅެން ޖެހުނީ ވެސް ގޮނޑީގައި ކަމުގައި ވެއެވެ. ޙައްޖުގެ އަޅުކަން ފެށި މިނާއަށް ޙާޖީން ދިޔަ އިރުވެސް މިމީހާ އުޅުނީ އެޙާލުގައެވެ. ބަލި އެނދުގައެވެ. އެއަށްފަހު ޙައްޖު ނިންމައި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި އެމީހާ މިނާގައި ނިޔާވީއެވެ.

‎އެމީހާ ގާތުގައި އުޅުނު މީހުން ޚަބަރު ދިން ގޮތުގައި ޝެއިޚްގެ ދަރުސް އިވުމުން، އެކިއެކި މީހުންނަށް އެމީހާ ސިޙުރު ހެދުނު ކަމުގެ މައްޗަށް ތައުބާވީ ހިނދު ޝައިޠާނުންގެ ލަޝްކަރުތައް އައިސް އެމީހާއަށް އަނިޔާކޮށް ދުއްތުރާކުރީއެވެ. އެމީހާ ނިމިދިޔައީ ޝައިޠާނުންގެ ތުރާތަކުގެ ތެރޭގައެވެ."

 

Ads by Allied Insurance
  1. ސިހުރު

    ސެއިހަށް ކިހިނެއް އެގެނީ ސައިތޯނުން އައިސް އުނދަގޫ ކުރިކަމެއް. ފެނުނީތަ ސެއިހަށް ގައިބު