މިހާލަތުގައި ޖަމާޢަތުގައި ނަމާދުކުރާއިރު، ގައިދުރުކުރުން މުހިންމު:ރައީސް މައުމޫން

މި ހާލަތުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރު ކުރުން މުހިންމު ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ފުރާނަ އާއި ނަފުސު ރައްކާތެރި ކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމު ކުރާ ކަމެއް ކަމަށާއި ކޮވިޑް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ކަމަށް ސިއްހީ މާހިރުން ލަފާދޭ ކަންތައް ކުރުން މި ހާލަތުގައި ލާޒިމު ކަމަށެވެ.
"ވީމާ މި ވަގުތު ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރު ކުރުން މުހިންމު،" ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ކޮވިޑްގެ ހާލަތު ގޯސްވުމުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ. އަދި މުސްލިމު އެހެން ބޮޑެތި ޤައުމުތަކުގައި ވެސް މިފަދައިން ކަންތައް ކުރަމުން ދެއެވެ.
މިހާލަތުގައިވެސް އެންމެ ރަގަޅީ ވީހާވެސް ބޮޑަށް މިސްކިއްތަކަށް ގޮސް ނަމާދުކޮށް ޒިކުރުކޮށް ދުޢާކުރުން ގިނަކުރުން !