މާލޭގައި ހިނގަން އެނގެނީ ހަމައެކަނި މަޖީދީ މަގުން ތަ؟ ތިޔައީ ލަދު ގަންނަން ޖެހޭ ކަމެއް ނޫން
ރަހުމަތްތެރިއަކު މީސްމީޑިއާގައި ޝެއާރ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވެއެވެ. މަޖީދީ މަގުން ނޫނީ ހިނގަން ނޭނގޭ ކުއްޖަކު ޓެގް ކޮށްލުމަށެވެ. އެ ޕޯސްޓު އެތައް ބަޔަކު ޝެއަރ ކޮށްފައިވާތީ އެ ޝެއަރ ތައް ވެސް ބަލާލީމެވެ. މަޖަލަކަށް ހަދައި ގިނަ ބަޔަކު ވަނީ އެ މީހުން ގެ ރަހުމަތްތެރިންނާ ދިމާކޮށްފައެވެ.
އަޅުގަނޑުގެ ހިތުގައި އެ ހިސާބުން އުފެދުނީ ސުވާލު ތަކެކެވެ. މާލޭގައި އުޅޭ ކޮންމެ މީހަކަށް މުޅި މާލޭގައި ހިނގަން އެނގެން ޖެހޭނެ ހެއްޔެވެ؟ މާލޭގެ ހުރިހާ މަގަކަށް ކިޔާ ނަން ކޮންމެހެން އެނގެން ޖެހޭ ހެއްޔެވެ؟ މާލޭގައި ހުންނަ ހުރިހާ ތަނެއް އެނގުން މަޖުބޫރު ހެއްޔެވެ؟ ނުވަތަ އެކަންކަން ނޭނގުމަކީ އެމީހުންނާ ދިމާއަށް މަލާމާތް ކުރަންވީ ސަބަބެއް ހެއްޔެވެ؟
ހަގީގަތުގައި މަޖީދީ މަގުން އެކަނި ހިނގަން އެނގުމަކީ މައްސަލައެއް ނޫނެވެ. މަޖީދީ މަގު އެކަނި އެނގުމަކީ ވެސް މައްސަލައެއް ނޫނެވެ. އެކަން މައްސަލައަކަށް ވާންވީ އެއްވެސް ސަބަބެއް ނެތެވެ. މި ފުރަމާލޭގައި އެތައް ބަޔަކު އުޅެއެވެ. މާލޭގައި އުޅޭ އެންމެންނަކީ އަބަދު ބޭރުގައި އުޅޭ މީހުންނެއް ނޫނެވެ. ހާލަކުން ފަހަރަކު ބޭރަށް ދާ މީހުން ވެސް އުޅެއެވެ. އެހެން ކަމުން އެމީހުންނަށް މަޖީދީ މަގުން ނޫން އެހެން މަގަކުން ހިނގަން އެނގެން ޖެހޭ ހެއްޔެވެ.
މަޖީދީ މަގުން އެކަނި ހިނގަން އެނގުމަކީ މައްސަލައެއް ނޫނެވެ. އެހެން ކަމުން އެކަމާމެދު ދެރަވާނެ ކަމެއް ވެސް އަދި އެކަމާ ކަންބޮޑުވާނެ ކަމެއް ވެސް ނެތެވެ. މަޖީދީ މަގު ނޫން އެހެން މަގުތަކުން ހިނގަން ނޭނގުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ.
މަށަކަށް ވެސް ހިނގަން ނޭގޭ އެކަމަކު ތި ހިގަން އެގޭ މީހުންނަށް ނުކުރެވޭ ވަރަށް ގިނަ ކަންތައް ތައް ކުރަން އެނގޭ ޓެކްނޮލޮޖީ އަށް ވެސް ވަރަށް ރަހުމަތްތެރި ކޮންމެސް ވަރަކަށް ތަފާތު ބަސްތައްވެސް އެނގޭ ފަރަންޖީ ބަހުން ވެސް ލިއެކިޔަން އެނގޭ ޑާންސްވެސް ބޭނުން ވެއްޖެހިދެއްގަ ކުރެވިދާނެ ލަވަ ވެސް ކިއި ދާނެ މީހުންގެ ޖަޒުބާތާ ކުޅެލާ ގޮތައް ރޮއްވާލާ ހެއްވާލާ ހޮޓްކޮށްލާ ފަށުވިކަމާއެކު މާދަރީ ބަހުން ވާހަކަ ދެއްކިދާނެ އެކަމަކު އަހަންނަކީ އެންމެ މޮޅު މީހާ ޔެއްނޫން ގާބިލް މީހެއްވެސް ނޫން އެކަމަކު ދުވަހަކުވެސް މީހަކަށް މަލާމާތް ކުރުމުގައި ބައިވެރިއެއްނުވާނަން ހަމަ ބިމުގައި ހުރެވޭތީ އުފާވޭ