އިހުތިޖާޖު މިރެއަކަަށް އަދި ނުނިންމަން: އިދިކޮޅު

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ މުޒާހަރާ މިރެއަށް އަދި ނުނިންމާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން ޓްވީޓެއް ކުރެއްވި ކަމުގައި ވިޔަސް ފަސް ނުޖެހޭނެ ކަމަށެވެ.
އިމްރާން ޓްވީޓް ކުރައްވާފައި ވަނީ މުޒާހަރާތަކުގައި ޢަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) ގެންގުޅުއްވާނެ ސްޓެރެޓިޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެއެވެ.
މިއަދުގެ މުޒާހަރާ ތެރެއިން އިދިކޮޅު ކޯލިޝަންގެ 30 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ޕީއެންސީ ގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) އާއި، ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވެސް ހިމެނޭ ކަމަށް ވެސް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.
މިއަދުގެ މުޒާހަރާ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ފުލުހުން އަތުން މެމްބަރު ޝިޔާމް އަށް ވެސް ވަނީ އަނިޔާ ވެފައެވެ.