ލައިފްސްޓައިލް

ދިރިއުޅުމުގައި ދިމާވާ ދަތިތައް ހިތުގައި ފޮރުވާފައި ބެހެއްޓުމަށްވުރެ އިތުބާރު ކުރެވޭ މީހަކާ ހިއްސާ ކުރުން މާ ބުއްދިވެރި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތަކާއި ހިތާމަތައް ހިތުގައި ސިއްރުކޮށްފައި ބެހެއްޓުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. އެގޮތަށް ގިނަ މީހުން ކަންތައް ކުރަނީ މާޒީގައި ކުރިމަތިވި ކޮންމެވެސް ކަމަކާ ގުޅިގެންނެވެ. އެކަމަކާ ގުޅިގެން އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭތީއެވެ. ކޮންމެވެސް މީހަކު އިތުބާރު ގެއްލުވާލައިފައި ވާތީއެވެ.

Ads by STELCO

ހަގީގަތުގައި ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ހިއްސާ ކުރަން ޖެހޭނީ ތިބާއަށް އިތުބާރު ކުރެވޭ މީހަކަށެވެ. އެހެން ނޫން ނަމަ އާޚިރުގައި ހިތާމަ ކުރަން ޖެހިދާނެއެވެ. ދިރިއުޅުމުގައި ތިބާ އިތުބާރު ކުރާނެ މީހަކު ނިންމާނީ ތިބާ އަމިއްލަ އަށެވެ. ތިބާ އިތުބާރު ކުރަން ވާނީ ތިބާއަށް އެމީހަކީ ތިބާ އިތުބާރު ކުރެވޭ ވަރުގެ މީހެއްކަން ހުރިހައި ގޮތަކުން ވެސް ޔަގީން ކޮށްފައެވެ.

ދިރިއުޅުމުގައި ދިމާވާ އެންމެނަށް އިތުބާރު ކުރާކަށް ނުވާނެއެވެ. ނަމަވެސް އިތުބާރު ކުރެވޭ މަދު ބަޔަކު ދިރިއުޅުމުގައި ޚިޔާރު ކުރާށެވެ. އަދި އެމީހުންނަށް ތިބާގެ ދިރިއުޅުމުގައި ދިމާވާ ކަންކަން ހިއްސާ ކުރާށެވެ. ހަމަ ޔަގީނުން ވެސް ތިބާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެއެވެ.

ދިރިއުޅުމުގައި ތިބާއަށް އަނެކުންގެ އެހީތެރިކަން ބޭނުންވާނެ ކަން ދަންނާށެވެ. އަދި ދަތި އުނދަގޫ ހާލަތެއް ކުރިމަތިވުމުން އަނެކުންގެ އެހީތެރިކަމަށް ވެސް އެދޭށެވެ. ހިތުގައި އެކަންކަން ސިއްރު ކޮށްފައި ބަހައްޓާށެވެ. ކަރުނަތައް ފޮރުވުމަށްފަހު ސިއްރު ކުރުމަށްވުރެ މޮޅުވާނީ ހިއްސާ ކޮށްލުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!