ޚަބަރު

ޕެސްޓް އާއި އިތުރު މީހުންގެ ވަނަވަރު އާންމުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 2.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުންގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.

Ads by MWSC

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ މާލޭގައި ހިންގި އޮޕަރޭޝަނުން 2.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

އެމައްސަލައާ ގުޅިގެން ޖުމްލަ ފަސް މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ސިމްބޮލިކް ރެކޯޑްސް ގެ ޕެސްޓް ވެސް ހިމެނެއެވެ. ފުލުހުން ވަނީ މިއަދު މި ފަސް މީހުންގެ ވަނަވަރު އާންމު ކޮށްފައެވެ.

އެ މައްސަލަގައި ހައްޔަރުކޮށްފައި ވަނީ؛

1. އަހްމަދު ޝަމްއޫން، (30އ)، ލ. ގަން/ތުނޑި، ހަނދުވަރީހިޔާ.

2. އަހްމަދު ހުސާމް (26އ)، ލ. ގަން/ތުނޑި، ރޯޝަންހިޔާ.

3. އިސްމާއީލް އިފްހާމް މުހައްމަދު (26އ)، ޏ. ފުވައްމުލައް/ދިނގުވާނޑު، ނައި.

4. މުހައްމަދު ސުއައިދު (23އ)، ލ. ގަން/ތުނޑި، އަބަދަށްއުފާ.

5. އަބްދުﷲ ސާޖިއު ހަސަން (23އ)، މއ. މަލިކުރުވާގެ.

މި މައްސަލައިގައި ހައްޔަރުކުރި އިފްހާމް (ޕެސްޓް) އަދި ހުސާމް އަކީ ވެސް ސިމްބޮލިކް ރެކޯޑްސްގެ އާޓިސްޓުންނެވެ. ހުސާމް މަޝްހޫ ރުވެފައި ވަނީ ޖަހުލުގެ ނަމުންނެވެ.

މިމަައްސަލައިގައި ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަސް ތެރޭގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ވަނީ އަމުރު ކޮށްފައެވެ.

Ads by Allied Insurance
  1. ލައިލާ

    ވީ އެންމެ އަވަހަކައް ދޫކޮއްލާ.
    ދީނައް އުޅޭ ތުބުލިމީހުނާ މޫނުއަލާ މީހުން ނުހައްގުން ޖަލައްލާ ސަރުކާރު