މަލީހަށް ކިޔަނީ ކޮން ނަމެއްތޯ ރައީސް ނަޝީދު ތަކުރާރުކޮށް ސުވާލުކުރައްވައިފި
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލަށް ކިޔަނީ ކޮން ނަމެއްތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދު ތަކުރާރުކޮށް ސުވާލު ކުރައްވައިފިއެވެ.
މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތުގައި މަލީހު ވިދާޅުވީ އެ މައްސަލައިގައި ބަޔާން ކޮށްފައި ވަނީ ވަޒީރުގެ ނަންފުޅު ވެސް ނުބައިކޮށް ކަމަށާއި މަޖިލީހުން ފޮނުއްވި ލިޔެކިއުންތަކުން މައްސަލަ ރައްދުވާ ފަރާތާ ގުޅިގެން ޝައްކު އުފެދޭ ކަމަށެވެ،
"އެ ލިޔެކިއުންތަކުގައި ޝައްކު އުފެދޭތީ އެ ހުށައެޅުންތަކަކީ ބާތިލު އެއްޗެއްކަން ނިންމައި ދިނުމަށްޓަކައި މިވަނީ މި މަޖިލީހަށް ފޮނުވާފަ. އެ ލިޔުމުގެ ފުރަތަމަ ޕެރެގްރާފުގައި ބަޔާންކުރާ ނަމާ، ހަތަރު ވަނަ ޕެރެގްރާފުގައި ބަޔާންކުރާ ނަމާ ދިމާ ނުވާކަން ފާހަގަކުރަން." މަލީހު ވިދާޅުވިއެވެ.
މަލީހުގެ މި ވާހަކަފުޅަށް ރައްދު ދެއްވައި ރައީސް ނަޝީދު ވަނީ މަލީހުގެ ވާހަކަ މެދުކަނޑުއްވާލެއްވުމަށްފަހު އޭނާގެ ނަން ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ.
"އިއްޒަތްތެރި ވަޒީރަށް ކިޔަނީ ކޮން ނަމެއްތޯ؟ އިއްޒަތްތެރި ވަޒީރަށް ކިޔަނީ ކޮން ނަމެއްތޯ؟ މިހާރު މިތާ މި ހުންނެވީ މުހައްމަދު މަލީހު ޖަމާލުތޯ؟" ރައީސް ނަޝީދު ސުވާލު ކުރެއްވިއެވެ.
އަދި މަލީހު މިއަދު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ހުންނެވީ ނަން ސާފުވެވަޑައިގަންނަވާތީ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މަލީހަށް ރައްދު ދެއްވާފައެވެ.
ރައްޓެހިން ކިޔަނީ ލައިލާ
މަލީހު ތީގެން ރައްޔިތުންނަށްއެގުނީ މަލީހު މެންނަކީ ޤައުމަކަށް ރައްޔިތަކަށް އަދި ދީނަކަށްވެސްހެޔޮގޮތް ބޭނުންނުވެ އަމިއްލަ މާއްދީ ދަހިވެތިކަމުގަ ކުރިމަސައްކަތުގެ ނަތީޖާ އެހެން މިދެންނެވީ މަލީހު މެންނަކަނޱައެޅިގެން އެނގޭނެމިފުންމާލަނީއަލިފާންގަނޱަކަށްކަން