ޚަބަރު

އިންޓަނެޓްގެ ދުވެލި ހުރީ "ރައީސް ސޯލިހް" ދުވެލީގައި: ޝިޔާމް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގެ އިންޓަނެޓު ދުވެލި ހުރީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ދުވެލީގައި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ އިންޓަނެޓްގެ އަގު އިންތިހާއަށް މަތިއިރު އެ އަގާ އެއް މިންވަރަކަށް އިންޓަނެޓްގެ ދުވެލި ހަލުވި ނުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށެވެ.

ނަމަވެސް އެތައް ހާސް ރައްޔިތުންގެ ޝަކުވާއާއެކު ވެސް އެކަމަށް ލުޔެއް ލިބިފައިވާ ނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި ވަކިން ހާއްސަކޮށް ކޮވިޑް-19 އަށް ފަހު އިންޓަނެޓް ވެފައި ވަނީ ވަރަށް ޒަރޫރީ ބޭނުމަކަށް ވެފައިވާ ކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ އިންޓަނެޓަކީ މިހާރު އަސާސީ ޚިދުމަތެއް ކަމަށެވެ.

"އިންޓަނެޓުގެ ސްޕީޑު އެހުރީ [ރައީސް] ސޯލިހް ސްޕީޑުގައި. [ރައީސް] ސޯލިހަކީ ސްލޯ ބޭފުޅެއް. [ރައީސް] ސޯލިހު ސްޕީޑުގައި އިންޓަނެޓު އެހެރީ. އެއީ ހަގީގަތަކީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ އިންޓަނެޓުގެ އަގުހެޔޮކޮށް، ހިދުމަތް ރަނގަޅު ކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށާއި އެކަމަށް ސަރުކާރަަށް މާ ބޮޑު މަސައްކަތެއް ވެސް ނުކުރާ ކަމަށް ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!