ޚަބަރު

ފެބްރުއަރީ މަހު ރާއްޖެއަށް 98000 އަށްވުރެ ގިނަ ފަތުރުވެރިން

ރައުފާ ރަޝީދު ، ދެން އޮންލައިން

ފެބްރުއަރީ މަހު ރާއްޖެއަށް 98000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

Ads by MWSC

ފެބްރުއަރީމަހު ރާއްޖެ އައިސްފައި ވަނީ 98881 ފަތުރުވެރިންނެވެ. މިއީ ޖެނުއަރީ މަހާ އަޅާ ބަލާއިރު 4778 ފަތުރުވެރިންގެ އިތުރު ވުމެކެވެ. އަދި ފެބްރުއަރީމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 3460 ފަތުރުވެރިން ވަނީ އައިސްފައެވެ.

ފެބްރުއަރީ މަހު ރާއްޖެއަށް 98000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އެމަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 5268 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާގެ ފަތުރުވެރިންނެވެ. އެގޮތުން ހަމައެކަނި އިންޑިއާ އިންވެސް މިހާތަނަށް 62،960 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާ އިންނެވެ. އެގައުމުން ވެސް 61،387 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

Ads by HDC
  1. ތުނިޔަ

    ޔާމީނުގެވެރިކަަަަަަަަަަަަަމުގެ ފޮނިރަހަމީރުކަން ތިޔަަަަަަފެންނަނީ