ޤާނޫނަށް ބަދަލު ގެނަޔަސް ރައީސް ޔާމީން ފިޔަވާ އިތުރު މީހަކު އިދިކޮޅު ލީޑަރަކަށް ނުނެގޭނެ: އާދަމް ޝަރީފު

ޤާނޫނަށް ބަދަލު ގެނަޔަސް ރައީސް ޢަބްދުﷲ ޔާމީން ފިޔަވާ އިތުރު މީހަކު އިދިކޮޅު ލީޑަރަކަށް ނުނެގޭނެ ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިފަދައިން އޭނާ ވިދާޅުވީ ކުރެއްވި ޓްވީޓެެއްގައެވެ. އާދަމް ޝަރީފު ވިދާޅުވީ އިދިކޮޅު ލީޑަރަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް އެމްޑީޕީން ބޭނުންވާނަމަ، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ނުޙައްޤުން ޖަލަށް ލާފައިވާ ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުން ކަމަށެވެ.
އަދި އެމްޑީޕީން ކުރި ތަޖުރިބާގެ އަލީގައި ރައީސް ޔާމީން ފިޔަވައި އެހެން ބޭފުޅަކަށް ޕީޕީއެމްޕީއެންސީގެ ލީޑަރެއްގެ ގޮތުގައި ނުދެއްކޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ޤާނޫނަށް ބަދަލު ގެނަޔަސް ރައީސް ޔާމީން ނޫން ބޭފުޅަކު އިދިކޮޅު ލީޑަރަށް ނުވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރަށް ގާނޫނީ ހައިސިއްޔަތު ލިބިދޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފައި ވާކަން އެމްޑީޕީގެ ބައެއް ބޭފުޅުން މީޑިޔާތަކަށް ހާމަ ކުރެއްވުމާ ގުޅިގެންނެވެ.