ޚަބަރު

އަލީ ވަހީދު ވަޑައިގަތީ ލަންޑަނަކަށް ނޫން، ތުރުކީއަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ފުރާ ވަޑައިގަތީ އިނގިރޭސިވިލާތުގެ ލަންޑަނަށް ނޫން ކަމަށާއި، އެމަނިކުފާނު ހުންނެވީ ތުރުކީގެ އިސްތަންބޫލްގައި ކަމަށް ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން ބުނެފިއެވެ.

Ads by STELCO

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލި ހަތް ދައުވާއެއް ކޮށްފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު، އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ހަމަ އެދުވަހުގެ ރޭ އަލީ ވަހީދު ވަނީ ރާއްޖެއިން ފުރައިފައެވެ. އޭރު ބެލެވިފައި އޮތީ އޭނާ ވަޑައިގަތީ ލަންޑަނަށް ކަމަށެވެ.

ނަމަވެސް އިމިގްރޭޝަނުން މައުލޫމާތު ސާފުކުރުމަށްފަހު ޕީޖީ އޮފީހުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ސިޓީއެއް ފޮނުވައިފައެވެ. ޕީޖީ އޮފީހުން ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ ޓާކިޝް އެއާލައިންސްގެ ޓީކޭ 731 ފްލައިޓުން އެ ރޭ 11:09 ގައި އަލީ ވަހީދު ފުރާވަޑައިގަތީ އިސްތަންބޫލަށް ކަމަށެވެ.

މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ނުލިބެނީސް އޭނާ ރާއްޖެއިން ފުރީ ކިީއްވެތޯ ވެސް ސުވާލު އުފައްދާފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން، ނިމިދިޔަ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އަމުރު ނެރުނު ނަމަވެސް ކޯޓު އަމުރުގައި ތާރީހަކަށް އޮތީ 10 ފެބުރުއަރީއެވެ. އަދި ޕީޖީ އޮފީހުން ބުނީ، ދައުލަތަށް ލިޔުންތައް ލިބުނީ 11 ވަނަ ދުވަހު ކަމަށެވެ.

އެހެންކަމުން ކޯޓުން އަމުރު ނުލިބެނީސް އިމިގްރޭޝަނުން އަލީ ވަހީދު ފުރަން ހުއްދަ ދިނީ ކޮން ގޮތަކުންތޯ ސާފުކުރަން އިމިގްރޭޝަނާ ސުވާލުކުރަން މިއަދު ކޮމިޓީން ވަނީ ނިންމައިފައެވެ.

Ads by HDC
  1. ޖާނޭ

    ތީ ބޮޑު ގޭސްގަޑެއް. ޛަގަލަރީ ގޭމެއް. ޢަހަރެން ޖާމިނުވުމުން 100ޤައިދީންނަށް ލުއިދެވިދާނެތޯ؟

  2. ކަނބުލޮ

    ފިލި އަލީ ވަޙީދު ތީ ބޮޑު ފިނޑިއެއް އަދި ބޮޑު ކުށްވެރިއެއް އެހެންވެ ފިލީ

  3. ޔައުގޫބް

    މިނިސްޓަރ ނަހުލާވެސްް ވީ ތުރުކީ ގަ