ލައިފްސްޓައިލް ސިއްޙަތު

ކޮވިޑް-19 ވެކްސިން ޖެހުމުން ރޯދަ ގެއްލޭނެތަ؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ވެކްސިން ޖެހުމުގެ ކުރިން މަޢުލޫމާތު އެއްކުރަނީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ރޯދަ މަސް ޖެހެން މަހަކަށް ވެފައިވާއިރު. މިހާރު ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލެއް އެބައޮތެވެ. ކޮވިޑް-19 ވެކްސިން ޖެހުމުން ރޯދަ ގެއްލޭނެ ހެއްޔެވެ.

Ads by MWSC

ރާއްޖޭގައި ވެސް ބައެއް ފަރާތްތަކަށް ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ރަމަޟާން މަހުގެ ތެރޭގައި ދޭން ޖެހޭއިރު، މި ސުވާލުގެ ޖަވާބަކީ، ކޮވިޑް-19 ވެކްސިން ޖެހުމަކުން ރޯދައެއް ނުގެއްލޭނެއެވެ.

ބްރިޓިޝް އިސްލާމިކް މެޑިކަލް އެސޯސިއޭޝަން އިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހުއްދަ ދެވިގެން މިހާރު ޖަހަމުން އަންނަ ވެކްސިން ޖެހިޔަސް، ރަމަޟާން މަހުގެ ރޯދަ ނުގެއްލޭނެ ކަމަށާއި އަދި ރޯދައިގެ ސަަބަބުން 2 ވަނަ ޑޯޒް ލަސް ކުރުން ބުއްދިވެރި ނޫން ކަމަށެވެ.

"ހަށިގަނޑަށް ހަކަތަ ލިއްބައި ނުދޭ، ސަބްކިއުޓޭނިއަސް، ސަބްޑާމިއަލް، އިންޓްރާ މަސްކިއުލާރ، އިންޓެރޯސިއަސް، ނުވަތަ އިންޓްރާ-އާޓިކިއުލާރ އިންޖެކްޝަން ޖެހިޔަސް ރޯދަ ނުގެއްލޭނެ." އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

މީގެ އިތުރަށް ބުނެފައި ވަނީ، ލޭގެ ތެރެއަށް ކޮވިޑް-19 ވެކްސިންގެ މާއްދާތައް އެތެރެވިޔަސް ކޮވިޑް-19 ވެކްސިނަކީ މަސްކިއުލާރ (ހަށިގަޑުގެ މަސްގަޑަށް ޖަހާ އިންޖެކްޝަން) އެއް ކަމަށާއި އަދި އޭގެ ވެކްސިނުގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިއްބައި ނުދޭތީ ވެކްސިން ޖެހިޔަސް ރޯދަ ނުގެއްލޭނެ ކަމަށެވެ.

މިއަންނަ މަހު 12 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!