ލުއި ޚަބަރު

2000 އަށްވުރެ ގިނަ އަހަރުވީ ،ރަސްކަލެއްގެ ޒިޔާރަތެއް ރޯމްގައި އަލުން ހުޅުވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

2000 އަށްވުރެ ގިނަ އަހަރުވީ ,ރޯމްގެ ރަސްކަލެއް ކަމުގައިވާ އޯގަސްޓަސްގެ ޒިޔާރަތް އިއްޔެ އަލުން ހުޅުވައިފިއެވެ.

Ads by STELCO

ރިޕޯޓުތަކުން ބުނާގޮތުގައި، އޯގަސްޓަސްގެ މަހާނަ އާންމުންނަށް ފެންނާނެހެން ޒިޔާރަތެއް ގޮތަށް އިމާރާތްކޮށް މި ހުޅުވީ، މީގެކުރިން އޭނާގެ މަހާނަ ހުރި ދިމާ މީހުންނަށް ފާހަގަ ކުރަން ނޭނގުމުންނާއި މަހާނައިގެ ޒިޔާރަތް ވެސް ހަލާކުވުމުންނެވެ.

ތާރީޚީ ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި އޯގަސްޓަސް އަވަހާރަވީ މީގެ އެތައް ޤަރުނެއް ކުރިންނެވެ.އަދި އޭނާ އަވަހާރަވީ އޮގަސްޓް މަހުގައި ކަމަށްވާތީ، އޯގަސްޓް މަހަށް އޭނާގެ ނަމުން ނަންދިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޯގަސްޓަސް އަކީ ޖޫލިއަސް ސީޒާ އެޑޮޕްޓްކުރި ދަރިއެއް ކަމަށާއި އެހެން ނަމަވެސް އޭނާއަކީ އެހާ ބާރުގަދަ ރަސްކަލެއް ނޫން ކަމުގައިވެސް ރިޕޯޓުތަކުން ބުނެއެވެ.

މީގެ އިތުރުން އެރިޕޯޓުން ބުނެފައި ވަނީ، އޯގަސްޓަސް އަވަހާރަވުމުން އެންމެ ފުރަތަމަ ރޯމަނުންގެ ޝާހީ ގޮތަކަށް މަހާނަ ހަދާފައި ޒިޔާރަތެއް ހެދި ކަމަށެވެ. ނަމަވެސް 20ވަނަ ގަރުނުގެ ފުރަތަމަ އަހަރުތަކުގައި، އެޒިޔާރަތަށް ބަޔަކު ވަދެ، ސަންދޯއް ހަލާކުކޮށް އޯގަސްޓަސްގެ ކަށިތަކުގެ ބައިބައި އެކި ތަނަށް އުކާލީ ކަމަށާއި އެތަކެތި ހޯދައި އަލުން މަހާނައަކާއި ޒިޔާރަތެއް ހަދަން ވަގުތު ނެގި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!