ޚަބަރު

ރޮޒައިނާގެ ކުންފުންޏަކަށް ކްލިނިކް އެޅުމަށް ދިން ކަމަށް ބުނާ މައްސަލަ އޭސީސީއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހުޅުމާލޭގައި ކްލިނިކެއް އެޅުމަށް ދިން ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

Ads by STELCO

މިމައްސަލަ އޭސީސީ އަށް ހުށަހަޅާފައިވާކަން އެކޮމިޝަން ގެ ފަރާތުން ވަނީ "ދެން" އަށް ޔަގީން ކޮށްދެއްވާފައެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ އިންފޮމޭޝަން އޮފިސަރ ޙަސަން މަނިކު ވިދާޅުވީ، އެ މައްސަލައިގައި ދައުވާ ކުރުމަށް މިއަދު މެންދުރެއްހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

"އެ މައްސަލަ މިހާރު ދިރާސާ ކުރަމުން ދަނީ. ދިރާސާ ކުރުމަށްފަހު ވަކި ގޮތެއް ނިންމާނީ" ޙަސަން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ރޮޒައިނާގެ 50 ޕަސަންޓު ހިއްސާ އޮންނަ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ހުޅުމާލޭގައި ކުލިނިނެއް އެޅުމަށް ބިމެއް ދޭން އުޅޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެކެވެ.

މިމައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއަށް ވެސް ތުހުމަތުތަކެއް ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!