ލުއި ޚަބަރު

އާއިލާއިން ކައިވެންޏަށް ދެކޮޅު ހެދުމުން، ބޮޑާ ހާކައި މި ޒުވާނާ އެރީ އެންޓަނާއަކަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ސުއްކުރުގެ ޒުވާނަކު އޭނާ ކައިވެނި ކުރުމަށް އާއިލާއިން ދެކޮޅު ހެދުމުން އެކަމަށް އާއިލާގެ މެންބަރުން އެއްބަސް ކުރުވުމަށްޓަކައި ގޮތް ދޫނުކޮށް ބޮޑާ ހާކައި އެންޓަނާއަކަށް އަރައިފިއެވެ.

Ads by STELCO

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ހަނީފް ނަމަކަށް ކިޔާ މި ޒުވާނާ ދިގު އެންޓަނާއަކަށް އެރީ އޭނާގެ އާއިލާއިން އޭނާގެ ކައިވެންޏަށް ދެކޮޅު ހެދުމުން އެކަމާ ކަންބޮޑުވެ ހާސްވެގެންނެވެ. އަދި އޭނާގެ އާއިލާ އާއި އެކުވެރިން އޭނާއާ ވާހަކަ ދައްކައި އޭނާ އެންޓަނާއިން ބޭލޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ ރިޕޯޓް ތަކުން ބުނެއެވެ.

ހަނީފްގެ އާއިލާގެ މެންބަރަކު މީޑީއާތަކާ ވާހަކަ ދައްކަމުން ބުނީ މީގެ ކުރިން ވެސް ހަތަރު މަސް ކުރިން ހަނީފް މިގޮތަށް ކަންތައް ކުރި ކަމަށާއި އަދި މިފަހަރު އެގޮތަށް ކަންތައް ކުރީ އާއިލާއިން އޭނާ ކައިވެނި ކޮށްދޭނެ ކަމަށް ބުނެ އެ ވައުދާ ޚިލާފު ވުމުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާގެ ފިރިހެނަކު ވެސް ވަނީ މިފަދަ ކަމެއް ކޮށްފައެވެ. ހަރު އުމުރުގެ މި މީހާ އެންޓަނާއަކަށް އެރީ އަނބިމީހާއާ ޒުވާބު ކުރުމަށްފަހު ބޯ ގޮވުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!