ޚަބަރު

އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ރާއްޖޭގައި ވައްކަމެއް ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އުސޫލްތަކާ އެއްގޮތަށް ރާއްޖޭގެ ރެސްޓޯރެންޓަކުން ވައްކަން ކޮށްފިއެވެ.

Ads by MWSC

އާންމު ރައްޔިތަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތައް ވަރަށް ރަނގަޅަށް ވެސް އެބަ މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން  ދަންވަރު 4:25ގައި އޭނާގެ ރެސްޓޯރެންޓު ފަޅާލައި މާސްކު އަޅައިގެން ހުރި ވަގަކު އެތެރެއަށް ވަދެފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ޓްވީޓްގައި ބުނެފައި ވަނީ އެމީހާ ވައްކަން ކޮށްފައި ދިޔައިރު ދިޔައީ ސެނެޓައިޒާ ބޭނުން ކޮށްގެން ފިންގަރ ޕްރިންޓުތައް ފޮހެލާފައި އަދި މޭޒު މަތީގައި އޮތް މެނޫ ވެސް ކިޔާލައިފައި ކަމަށެވެ.

މި ޓްވީޓާއެކު އެކު އޭނާ ވަނީ ސީސީޓީވީ ފޫޓޭޖް އެއް ވެސް ހިއްސާ ކޮށްފައެވެ. އެ  ވީޑިއޯގައި ފެންނަނީ ވަރަށް ހަމަޖެހިލައިގެން މީހަކު ސެނެޓައިޒާއިން މުޅި ކޭޝް ކައުންޓަރު ސާފު ކޮށްލާ މަންޒަރެވެ.

މި ވީޑިއޯ ހިއްސާކުރި ފަރާތުން އިތުރަށް ބުނެފައިވަނީ މި މީހާ ފާހަގަ ކުރެވިއްޖެ ނަމަ އޭނާއަށް ވީ އެންމެ އަވަހަކަށް އަންގައިދިނުމަށެވެ. އަދި އޭރުން އެތަން ސާފު ކުުރުމުގެ ވަޒީފާ އޭނާއަށް ދޭނެ ކަމަށް ސަމާސާ އަކަށް އޭނާ ބުންޏެވެ.

  1. ފެކްޓް

    މީހުން ވަށް-ކަންވެސް ކުރާނެ އެހްޕީއޭ އިން ދިގު-ކަން ކުރަންޏާ! ހަތަރެސްކަން ހަމަ ކުރަންޏާ!