ޚަބަރު

ނިމްޝާ ޓިކްޓޮކްއާ ދުރަކަށް ނުދޭ، ބުނީ އެއީ “ޑެއަރ” އެއް ކަމަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޓިކްޓޮކްގައި ގިނަ ބައެއްގެ މަޝްހޫރުކަން ލިބިފައިވާ ނިމްޝާ ޓިކްޓޮކް ކުޅުން ހުއްޓާ ނުލާ ކަމަށާއި، އެއީ ބައިސްކޯފުގައި މިހާރު ކުރިއަށް ދާ ކުޅިވަރެއް ކަމުގައި ނިމްޝާ ބުނެފިއެވެ.

Ads by Sosun Fihaara

ނިމްޝާ މިހެން ބުނެފައި ވަނީ އިންސްޓަގްރާމުން ލައިވް ކުރުމަށް ފަހުގައެވެ. އަދި އެއީ ބައިސްކޯފުގައި އުޅޭ އެންމެން ޓްރުތު އޯ ޑެއަރ ކުޅެމުން އޭނާ ލައްވާ ކުޅުނު ޑެއަރ އެއް ކަމުގައި އޭނާ ވަނީ ބުނެފައެވެ.

ނިމްޝާ ޓިކްޓޮކް ކުޅުން ހުއްޓާލި ކަމަށް ބުނެ އިންސްޓަގުރާމު ސްޓޯރީއަށް ލީ ވީޑިއޯއަށް ގިނަ ބައެއް ސަމާލުކަން ލިބިގެން ގޮސްފައިވާއިރު، މީޑިއާ ތަކުގެ ފަލަ ސުރުހީ ތަކުން ވެސް ފެނިގެން ދިޔައީ ނިމްޝާ ޓިކްޓޮކް ކުޅުން ހުއްޓާލި ކަމުގައެވެ. އަދި އޭނާ ވަކި ސަބަބެއް އެ ވީޑިއޯގައި ހާމަ ކޮށްފައެއް ވެސް ނުވެއެވެ.

ނިމްޝާއަކީ ޓިކްޓޮކްގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދައިފައިވާ ފަންނާނެކެވެ. އެގޮތުން އޭނާ ފޮލޯވަރުންގެ އަދަދު 55 ހާހަށް ވުރެ ގިނައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!