ވިޔަފާރި

އުރީދޫ ސުޕަނެޓް މާއުނގޫދުއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުރީދޫ ސުޕަރނެޓް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ށ. މާއުނގޫދޫއަށް މިއަދު ތައާރަފް ކޮށްފިއެވެ.

Ads by STELCO

ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަނެޓްގެ ހިދުމަތް އެރަށުން ހޯދާ ފުރަތަމަ 20 ފަރާތަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެއެވެ.

އުރީދޫއިން ބުނީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ޑިިޖިޓަލް ހިދުމަތްތަކާއެކު މުޖުތަމައުތައް ކުރިއެރުވުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކަމަށެވެ. ރާއްޖޭގެ އިތުރު ރަށަކަށް ފެންވަރު ރަނގަޅު އިންޓަނެޓް ފޯރު ކޮށްދެވުމީ ލިބޭ އުފަލެއް ކަމަށާއި މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ގިނަ ވިޔަފާރިތައް އަދި އާންމު ދިރިއުޅުމަށް މުހިންމު އެތައް ހިދުމަތްތަކެއް ވެސް ޑިޖިޓަލް ޒަރިއްޔާތަކަށް ބަދަލު ކުރަމުންދާއިރު ފެންވަރު ރަނގަޅު އިންޓަނެޓްގެ މުހިންމުކަން ވެސް އިތުރުވަމުންދާ ކަމަށް އުރީދޫ އިން ބުންޏެވެ.

"ސުޕަނެޓްގެ ހިދުމަތާއެކު މާއުނގޫދޫގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކާ ލުއި ފަސޭހަކަން ލިބިގެންދާނެ. މި ފުރުސަތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރު ކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރު ކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، އެކުންފުނިން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބޭނެއެވެ.

މާއުނގޫދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮ އަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފައިބާ ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!