ޚަބަރު

ވައުދުތައް ނުފުއްދާ ، ވެރިކަމުގެ ވާހަކަ ދައްކަން ހެޔޮވެސް ނުވާނެ: ރައީސް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރައީސްގެ އަމާޒަކީ ވެލެއްވި ވައުދުތައް ފުއްދެވުން ކަމަށާއި އެ ވައުދުތައް ނުފުއްދަވާ ވެރިކަމަށް ކުރިމަތިލުމުގެ ވާހަކަ އެމަނިކުފާނު ދައްކަވަން ހެޔޮ ވެސް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ދެވަނަ ދައުރަކަށް ވިސްނައިގެން ވެރިކަން ކުރާނަމަ ރައްޔިތުންނަށް ޚިދުމަތް ނުކޮށްދެވޭނެ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ އަޒުމުގައި ކަމަށާއި، އެ ނޫން ކަމެއް މިވަގުތު ވިސްނުމުގައި ނެތް ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

ހެޔޮނުވާނެ ވައުދުތައް ނުފުއްދާ ދެވަނަ ދައުރަކާމެދު ވިސްނަން. ރައްޔިތުން އެކަން ބަލައެއް ނުގަންނާނެ

އިތުރަށް ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ހަމައެކަނި އަމާޒަކީ ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ.

Ads by Allied Insurance
  1. ކުރުކުރު

    ސާބަހޭ ރައީސް ތިއައީ ހަމަ ހޮލި ވާހަކަ ދެއްކުން ތެރިއެއް.