އުރީދޫ ސުޕަނެޓްގެ ހިދުމަތް އދ. އޮމަދޫއަށް!
އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އދ. އޮމަދޫއަށް ތައާރަފްކޮށްފިއެވެ.
އުރީދޫ އިން ބުނީ އިންޓަނެޓްގެ މުހިންމުކަމާއި އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެފައި އޮތް ދަނޑިވަޅެއްގައި، 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފްކޮށް އދ. އޮމަދޫގެ ރައްޔިތުންނަށް އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާ އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ދިވެހި ރައްޔިތުންނަށް އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނަން." އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.
ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަނެޓްގެ ޚިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދެއެވެ. މިގޮތުން، އޮމަދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮ އަގުގައި، އިންޓަނެޓްގެ ޚިދުމަތް ސުޕަނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.
މި ޚިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތް ކޮށްލައްވާށެވެ.