ޚަބަރު

އިތުރު ވެކްސިން ލިބުމާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަންފުރުސަތު ދެވޭނެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ވެކްސިން ޖަހަން ކިއުގައި -- ފޮޓޯ/މީސްމީޑިއާ

ރާއްޖެއަށް ލިބެން ހުރި އިތުރު ވެކްސިންތައް ލިބުމާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަ ކޮށްފިއެވެ.

Ads by Sosun Fihaara

ްއެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ އިތުރު ވެކްސިން ލިބުމުގެ މަގުމަތީގައިވާ ކަމަށެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ދެލައްކަ ވެކްސިން ޑޯޒް ލިބޭނެ ކަމަށާއި އަދި ކޮވެކްސް ވެކްސިންގެ 12000 ޑޯޒް މިހާރު ލިބި ބޭނުން ކުރަމުން ގެންދާ ކަމަަށް ޑރ.ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކޮވެކްސްގެ ބާކީ ހުރި ވެކްސިން ޑޯޒްތައް ލިބޭނެ ކަމަށާއި އަދި ފައިޒާގެ އިތުރު 5850 ޑޯޒް ވެކްސިން  ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެ ތެރެއިން ވެސް އިތުރު ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށް އުއްމީދު ކުރަން

ޑރ.ނަޒްލާ

މީގެ އިތުރުން އިންޑިއާގެ ސީރަމް އިންސްޓްޓިޓިއުޓުން ކޮވިޝީލްޑްގެ އިތުރު 3 ލައްކަ ޑޯޒް ވެކްސިން ހޯދުމުގެ މަސައްކަތް ކުރިއަަށް ގެންދާ ކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވަނީ ރާއްޖޭގެ އާބާދީގެ 46 އިންސައްތަ މީހުންނަށް ވެކްސިން ޖަހާފައިވާކަން ހާމަ ކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 7،908 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 206،114 މީހުންނަށް ވެކްސިން ދީފައިވެއެވެ.

 

އިތުރު ތަފްސީލް އަންނަނީ...

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!