ދުނިޔެ

ދުނިޔެއަށް ޕްރިންސް ވިލިއަމްގެ މެސެޖެއް: އަހަންނަކީ ވެސް ޑަޔާނާގެ ދަރިއެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދުނިޔޭގެ ގިނަ ބަޔަކު އެމީހަކަށް އަދިވެސް ނުހަނު އިޙްތިރާމް ކުރާ ، ލޯބިވާ، މީހުންގެ ހިތްތަކުގެ ރާނީ ކަމުގައިވާ ޕްރިންސަސް ޑަޔާނާ ގެ ދެ ދަރިންގެ މެދުގައި މިދުވަސްވަރު މިވަނީ މައްސަލަތަކެއް ދިމާވެފައެވެ.

Ads by Sosun Fihaara

ކުޑައިރުއްސުރެ ނުހަނު އެކުއެކީގައި އުޅުނު ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީގެ އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބޮޑަށް ހީނަރުވީ، ޕްރިންސް ހެރީ ، މޭގަން މާކްލްއާ ކައިވެނި ކުރި ފަހުން ކަމަށް އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ އޮފިޝަލުން ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.

އެގޮތުން ރާނީ އެލިޒަބަތަށްފަހު އިނގިރޭސިވިލާތުގެ ވެރިކަމަށް އަންނާނީ ޕްރިންސް ޗާލްސް ކަމަށްވާއިރު، ޗާލްސް ނެތް ދުނިޔެ އެއްގައި ތަހުތަށް އަރާނީ ޕްރިންސް ވިލިއަމް އެވެ. އެހެންކަމުން ވެރިކަމުގެ އެކިއެކި މަސްޢޫލިއްޔަތުތަކުން ޕްރިންސް ހެރީ އެއްކިބާ ކޮށްފައި ހުންނަކަން ހެރީ ވެސް ވަނީ ފާހަގަ ކޮށްފައެވެ. އެއަށްފަހު، އޭނާ ކައިވެނި ކުރުމުން ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން އަށް ލިބުނުފަދަ ސެކިއުރިޓީ އާއި މުހިންމުކަން މޭގަން އަށް ނުލިބޭކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

އެކަންތައްތަކުގެ ސަބަބުން މޭގަން އާއި ޕްރިންސް ހެރީ ވަނީ އެ ދެމަފިރިކަނބަލުންގެ ދަރިކަލުން އާޗީ އާއެކު އިނގިރޭސިވިލާތް ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލު ކޮށްފައެވެ.

ދާދި ފަހުން "އޯޕްރާ ވިންފްރޭ" ޝޯ ގައި މޭގަން އާއި ޕްރިންސް ހެރީ ޝާހީ އާއިލާއާ ބެހޭގޮތުން ހާމަކުރި ވާހަކަތަކުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުން ވަނީ ޝާހީ އާއިލާއަށް ފާޑު ކިޔާފައެވެ.

އޭގެ އެއް ހެއްކަކީ، މިދިޔަ ހަފްތާގައި ފާހަގަ ކުރި "މަންމައިންގެ ދުވަހު" ހިނގި ހާދިސާއެވެ. ޑަޔާނާ ފަސްދާނުލެވިފައިވާ ތަނުގައި ޕްރިންސް ވިލިއަމް މާ ބޮނޑިއެއް ބޭއްވިއެވެ. އަދި އޭނާގެ ދަރިންގެ ފަރާތުން ކާޑެއް ވެސް ބޭއްވިއެވެ. ޕްރިންސް ހެރީ އަށް އެދުވަހު އިނގިރޭސިވިލާތަށް ދެވެން ނެތުމުން، ޑަޔާނާ ފަސްދާނުލެވިފައިވާ ތަނުގައި އޭނާއާއި، މޭގަން އަދި އާޗީގެ ފަރާތުން މާބޮނޑިއެއް ބޭއްވޭނެ އިންތިޒާމު އޭނާ ހަމަޖެއްސިއެވެ.

ޕްރިންސް ހެރީގެ އެ ޢަމަލު އެތައް ބަޔަކަށް ކަމުގޮސް، އޭނާއަށް ތައުރީފުގެ ބަސްތައް އޮއްސާލާ، ހެރީއަށް ލިބިފައިވަނީ "ޑަޔާނާގެ ހިތް" ކަމުގައި ވެސް ބުނަމުން ދިޔައެވެ.

މީހުންގެ އެފަދަ ބަސްތަކުން ޕްރިންސް ވިލިއަމް އަށް އަސަރުކޮށް، ބަކިންގްހަމް ޕެލެސްގެ އޮފިޝަލަކު މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނީ، ޕްރިންސް ވިލިއަމް އަކީ ވެސް ޑަޔާނާގެ ދަރިއެއް ކަމަށް މުޅި ދުނިޔެއަށް އެ މެސެޖު ފޯރު ކޮށްދިނުމަށް ޕްރިންސް ވިލިއަމް އެދިވަޑައިގެންނެވި ކަމަށެވެ.

Ads by Allied Insurance
  1. ނޭގެ

    ލިޔުން ސާފު އެކަމް ދެމީހުން އޮޅުނީމަ ތިހެންތިވަނީ. ހެރީ އާއި ވިލިއަމް އަކީ ކާކުކަން ވެސް އޮޅުނީތީ