ޚަބަރު

ދިވެހި އަސްކަރިއްޔާއިން ނިންމާ ނިންމުންތަކަކީ ހާލަތަށް ބަލާފައި އެންމެ އެކަށީގެންވާ ނިންމުން: ޝަރީފް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއަދު ވެސް ދިވެހިން އެންމެ އިތުބާރު ކުރާ މުއައްސަސާއަކީ ދިވެހި އަސްކަރިއްޔާ ކަމަށާއި އެ މުއައްސަސާއިން ނިންމާ ނިންމުންތަކަކީ ވަގުތާއި ޙާލަތަށް ބެލުމަށް ފަހު އެންމެ އެކަށީގެންވާ ނިންމުން ކަމުގައި ގަބޫލު ކުރައްވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އާދަމް ޝަރީފް މިގޮތަށް ވިދާޅުވީ، އުތުރު ތިލަފަޅުގެ ވާހަކަތަކާ ގުޅުވައިގެންނެވެ. އެގޮތުން އާދަމް ޝަރީފް ގުޅިގެން ދިވެހި އަސްކަރިއްޔާއިން މިވަގުތު ނިންމާ ނިންމުމަކީ މިހިނދަށް އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރައްވާ ކަމުގައެވެ.

އެހެން ނަމަވެސް އާދަމް ޝަރީފް ވިދާޅުވީ، ދިވެހި އަސްކަރިއްޔާއިން މި އެއްބަސްވުމާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކުގެ އަސްލު ހާމަ ކުރުމަށް މީޑިއާއާ ބައްދަލު ކުރުމުގެ ބަދަލުގައި މިސުވާލުތަކުގެ ޖަވާބު ދެއްވަން ޖެހޭނީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ސަބަބަކީ ، އެއީ "ސިޔާސީ" ގޮތުން ހެދިފައިވާ އެއްބަސް ވުމެއް ކަމުގައި ވާތީ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

Ads by Ooredoo
  1. ސަންގޯރު އަހުމަދު

    ދެދުފުޅެއް ޝުކުރިއްޔާ ސަރ އަސްލު ތިޔަވިދާޅުވިހެން ޢެކަމާ މެދު ދިވެހިސިފައިން ލައްވާ ބަސް ބުނުވުން ބަލައެއް ނުގަނެވޭ ސިޔާސީ ގޭމް ގެ ތެރެޔައް ސިފައިންނުވައްދަވާ