ޚަބަރު

ގަމުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ އާދީއްތަ ދުވަހު ލ.ގަމުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

މި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަަސް އަނިޔާތަކެއް ލިބި، ނިޔާވީ އެރަށު މުކުރިމަގު ފާތިމަތު މަނިކެއެވެ.

އުމުރުން 55 އަހަރުގެ ފާތިމަތު މަނިކެ ނިޔާވީ އެ އެކްސިޑެންޓުގެ ސަބަބުން ލިބުނު ސީރިއަސް އަނިޔާތަކަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އައިސީޔޫގައި އޭނާއަށް ފަރުވާ ދެމުން ދިޔައިރު، އެކްސިޑެންޓުގެ ސަބަބުން ފާތިމަތު މަނިކެ ސިކުނޑިއަށް ލޭ އެޅި، ސިކުނޑި މަރުވި ކަމަށް މީގެ ކުރިން ވަނީ މައުލޫމާތު ލިބިފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ އެމްޑީ އަހުމަދު އައްފާލް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފާތިމަތު މަނިކެ ނިޔާވީ ރޭ މެންދަމު 3:08 ގައި ކަމަށެވެ.

ފާތިމަތު މަނިކެގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހުކުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC
  1. ޖާނޭ

    އާމީން