ޚަބަރު

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގު ކުރުމަށް ދިގު މުއްދަތެއް ނަގާ: އޮޑިޓް

ދެން އެމްވީ ، ދެން އޮންލައިން

ކުޑަކުދިންނަށް ކުރާ ގޯނާގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރުމުގައި ދިގު މުއްދަތެއް ނަގާފައިވާކަން އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.

Ads by MWSC

ކުޑަކުދިންނަށް ކުރާ ގޯނާތަކާ ގުޅިގެން ހުށަހަޅާ މައްސަލަތަކާ މެދު މުއައްސަސާތަކުން އަމަލުކުރަމުން އަންނަ ގޮތް ދެނެގަތުމަށް މިދިޔަ ނޮވެމްބަރު މަހު ހެދި ޕާފޯމަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ ބުނާ ގޮތުން މައްސަލަ ހަވާލުކުރާތާ 10 ދުވަހުގެ ތެރޭގައި މައްސަލައިގެ ތަހުގީގު ނިންމަންޖެހޭނެ ކަމަށެވެ.

ނަމަވެސް ފުލުހުން ތަހުގީގު ކުރަމުން ގެންގޮސްފައިވާ މައްސަލަތައް ނިންމުމުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވާ ކަމަށާއި އެގޮތުން ބައެއް މައްސަލަތައް ނުނިމި ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މައްސަލަތައް ނުނިމި ގިނަ ދުވަސްތަކެއް ނަގާފައިވަނީ މައްސަލާގައި ހިމެނޭ ފަރާތް އުޅޭ ވަކިތަނެއް ނޭގުމުގެ ސަބަބުން ތަހުގީގު ކުރުމަށް ބޭނުންވާ ބައެއް މައުލޫމާތުތައް ލިބިފައިނުވާތީ ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ މައްސަލަތައް ތަހުގީގު ކުރުމަށް ގިނަ ދުވަސްތަކެއް ނަގާނަމަ މައްސަލާގައި އަދަބު ލިބެންވީ ފަރާތްތަކަށް އަދަބު ނުލިބި ގިނަ ދުވަސްތަކެއް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިހެންވުމުގެ ސަބަބުން ކަމާގުޅޭ އިދާރާތަކާ މެދު އާންމުންގެ އިތުބާރު ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަންވެސް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

މީގެއިތުރުން އެ ރިޕޯޓުގައި ވަނީ ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހަޅާ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް ފޮނުވިޔަސް އެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންގޮސްފައިނުވާކަން ވެސް ފާހަގަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!