ޚަބަރު

ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު މިއަދު ވެސް ބަންދު ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ޕީޕިއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްފައި -- ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕްރޮގްރެސިވް ކޯލިޝަން އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން މިއަދު ވެސް ބަންދު ކޮށްފިއެވެ.

Ads by STELCO

މިހާރު ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުގެ ހުރިހާ މަގެއް ވަނީ ބަންދު ކޮށްފައެވެ. އެގޮތުން މަޖީދީމަގާ ބޭރުމަގު ގުޅޭ ކަންމަތިން ބަންދު ކޮށްފައިވާއިރު ނިއުޕޯޓް ވިއު ކައިރިން ވެސް ވަނީ ބަންދު ކޮށްލާފައެވެ.

އިދިކޮޅުން ކޮންމެ ހުކުރު ދުވަހަކު ވެސް އަންނަނީ ސިލްސިލާ މުޒާހަރާ ތަކެއް ކުރަމުންނެވެ. އަދި މި މުޒާހަރާތަކުގައި ކޮންމެ ހުކުރަކު ވެސް ގިނަ ބަޔަކު ހައްޔަރު ކުރާއިރު މުޒާހަރާ ކުރިޔަ ނުދިނުމަށް ޓަކައި ފުލުހުން ބާރުގެ ބޭނުން ވެސް ކުރެއެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަން ނިންމާފައި ވަނީ މާލޭ ސަރަހައްދުގައި 5 މީހުންނަށްވުރެ ގިނަ މީހުން އެއްތަން ނުވުމަށް އަންގާފައި ވަނިކޮށެވެ. ފުލުހުން ވަނީ މުޒާހަރާތަކަކީ ޤާނޫނާ ޚިލާފު މުޒާހަރާތަކެއް ކަމަށް ނިންމާ، މުޒާހަރާ އިންޒާރަކާ ނުލާ ރޫޅާލާނެ ކަމަށް ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!