ޚަބަރު

މިއަދު ޓްވިޓާގެ ޓްރެންޑިންގައި އެލީ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްގެ ދަރިފުޅު ލައިބާ މަހްލޫފް (އެލީ)ގެ ހިންދީ ލަވަ މުޅި ޓްވީޓާގައި މިއަދު ވައިގައި ހިފައިފިއެވެ.

Ads by MWSC

އެލީގެ ހިންދީ ލަވަ "ޖީނޭ ކީ ވަޖާ” އުފައްދާފައި ވަނީ އިންޑިއާގެ މަޝްހޫރު އެންޓަޓައިންމަންޓް ކުންފުނި ޒީ މިއުޒިކް ކޮމްޕެނީ އިންނެވެ، އެލީއާ އެކު މި ލަވަ ކިޔާފަައި ވަނީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖާވިދު އަލީއެވެ.

މި ލަަވައިގެ ޅެން ލިޔެ ތައްޔާރު ކޮށްފައިވަނީ ހުސާން ޚާންއެވެ. އަދި މި ލަވައިގެ މިއުޒިކް ލިޔާކަތު އަޖްމެރީ ހަދާފައިވާއިރު ލަވައިގެ ޑައިރެކްޓަރަކީ ޕީރޯޒް އޭ ޚާންއެވެ.

މިއަދު މުޅި ޓްވީޓާގައި މީހުން ދައްކަނީ އެލީގެ ވާހަކައެވެ. އެލީއަށް ޓަކައި މުޅި ގައުމު ވެސް ފަހުރުވެރިވާ ވާހަކައެވެ. އެލީއަށް ގިނަ ބަޔަކު ވަނީ ތައުރީފްގެ ބަަސްތައް ބަރުތީލަ ކޮށް ކާމިޔާބަށް އެދިފައެވެ.

މިއަދު އެލީގެ ވާހަކަ 12 ހާހަށްވުރެ ގިނަ މީހުން ޓްވީޓާގައި ދައްކާފައިވާއިރު ޓްވީޓާގައި ރާއްޖޭގެ ޓްރެންޑިންގައި ވެސް ވަނީ އެލީގެ ނަމެވެ.

މި ލަވައިގެ ބޮޑުބައެއް އެލީގެ އަޑުން ކިޔާފައިވާއިރު ލަވައިގެ ވީޑިއޯއިން ވެސް އެލީ ފެނިގެންދެއެވެ. މި ލަވައިގައި ދައްކުވައިދެނީ ބައްޕައަކާއި އޭނާގެ ދަރިފުޅާ ދެމެދުގައިވާ ގުޅުމުގެ މަންޒަރުތަކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!