ލައިފްސްޓައިލް

އެލީގެ އިބްރަތުން ފުރިގެންވާ ލަވަ، މިފަހަރު ނިކުތީ ހަނގާކުރުމާ ދެކޮޅަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ނަޒްރާ ނަސީމުގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހުލޫފް (އެލީ) ގެ އުފަންދުވަހު އާންމުންނަށް މިފަހަރު ދޫކޮށްލި އިބްރަތުން ފުރިގެންވާ ލަވައިން ދައްކުވައި ދިނީ ހަނގާ ކުރުމުން ދިމާވާ ނޭދެވޭ އަސަރު ތަކެވެ. އާންމުންނަށް އެލީ އެދުނީ ހަނގާ ކުރުމާ ދެކޮޅަށް ނިކުތުމަށެވެ.

Ads by MWSC

ލަވަކިއުމަށް ޝައުގުވެރިން ހުންނަ ލައިބާ މީގެ ކުރިންވެސް އަމިއްލަ އަޑުން ލަވަތައް ރިކޯޑްކޮށްފައި ވެއެވެ. މިފަހަރު ލައިބާގެ 8 ވަނަ އުފަން ދުވަހު ރިކޯޑްކޮށް ނެރުނު ލަވައިގެ ނަމަކީ “ހަނގާ” އެވެ. ގިނަ އަދަދެއްގެ ކުޑަކުދިންތަކެއްގެ އިތުރުން ލައިބާގެ ބައްޕަ މިނިސްޓަރު މަހުލޫފާއި މަންމަ ނަޒުރާ ވެސް މި ލަވައިން ފެނިގެން ދެއެވެ. ލަވައިން ފެނިގެން ދިޔަ ގޮތުގައި ހަނގާ ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ލައިބާގެ އަތުގައި ހިފައިގެން ހިނގާފައި ދިޔަ މަންޒަރު ފެނިގެން ދިޔައެވެ.

ލައިބާއާއެކު މި ލަވަ ކިޔާފައި ވަނީ މޯލްޑިވިއަން އައިޑޮލްއިން ފެނިގެންދިޔަ ހަމޫދުއެވެ. ހަނގާ ކުރުމުން ލިބޭ ނޭދެވޭ އަސަރުތަކުގެ އިތުރުން ހަނގާ ކުރުން ހުއްޓުމަށް ލައިބާ ވަނީ އާދޭހާއެކު އާންމުންގެ ކިބައިން އެދިފައެވެ.އަދި ހަނގާ ކުރުމާއި ދެކޮޅަށް އެންމެން އައި ގުޅާލާ، އެއްބައިވަންތަކަމާއެކު މި މުޖްތަމަޢުން ހަނގާކުރުން ހުއްޓުވުމަށް މަސައްކަތް ކުރެވިދާނެކަން މި ލަވައިން ދައްކުވައިދެއެވެ.

“ކުރަމޭ އާދޭސް ހުއްޓާލާށޭ، އިތުރަށް އަނިޔާ ނުކުރާށޭ، ކުރަމޭ އާދޭސް ހުއްޓާލާށޭ، މަށަކީ ވެސް ހަމަ އިންސާނެއް” އަސަރާއެކު ލައިބާ ކިޔަމުން ދިޔައެވެ.

ހަނގާ ކުރުމާ ދެކޮޅަށް އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް މި ލަވައިން ފެނިގެން ދިޔައެވެ. ބައެއް ބޯޑުތަކުގައި "އިތުރަށް އަނިޔާ ނުކުރޭ" ، "މަށަކީ ވެސް އިންސާނެއް،"، "ހަނގާ ކުރުމާ ދެކޮޅަށް އެންމެން އަތް ގުޅާލަންވީ" ފަދަ ޝުއޫރުތައް ލިޔެފައި ހުއްޓެވެ.

ލައިބާގެ މި އިބްރަތުން ފުރިގެންވާ ލަވަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން މީހުން ޝެއަރ ކުރަމުން ދާއިރު އެކި މުނާސަބަތުތަކާ ގުޅުވައިގެން ލައިބާ ދަނީ ލަވަ ރިކޯޑްކޮށް އާންމުންނާ ހިއްސާ ކުރަމުންނެވެ.

ހަނގާ ކުރުން އާންމު ކަމަކަށް ވެފައި ވާއިރު ހަނގާ ކުރުމަކީ އެކަމުގެ ޝިކާރައަކަށް ވެސް ވަރަށް ނާދެވޭ އަސަރުކުރާ އަދި ދިރިއުޅުމުގެ އެހެން ކަންކަމުން މާޔޫސް ކުރުވާ މުޅި މީހާ ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. މިކަމަކީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ނޫނީ ހުއްޓުވޭނެ ކަމެއް ނޫނެވެ.

Ads by Ooredoo
  1. ޙަގޒަ

    އައްޕަ މީހުންނަށް ހަގާ ކޮއް އެއްޗެހިކިޔާފައި ހުރި ވީޑިއޯ ތައް ބޮޑުވީމާ ފެންނާނެ.