ޚަބަރު

ދަރިފުޅުގެ ކަމަކަށް ދައުލަތުގެ ފައިސާއެއް ބޭނުމެއް ނުކުރަން: މިނިސްޓަރ މަޙްލޫފް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ދަރިފުޅު ލައިބާ އަހުމަދު މަހުލޫފް (އެލީ) އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިކާ ޖާވިދު އަލީ އާއެކު ލަވައަކުން ފެނިގެން ދާނެ ކަމަށް އިއުލާނު ކުރެއްވުމުން، އަމާޒުވި ފާޑުކިޔުންތަކަށް މިނިސްޓަރ ރައްދު ދެއްވައިފިއެވެ.

Ads by MWSC

އެލީ އަށް އެ ފުރުސަތު ފަހިވެފައިވާއިރު، ހުނަރުހުރި އެތައް ކުއްޖަކަށް އެފަދަ ފުރުސަތެއް ނުލިބި އެބަ ތިބިކަމަށާއި މިއީ "ނެޕޮޓިޒަމް" ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިއީ މިނިސްޓަރ މަޙްލޫފް މަޤާމުގެ ނުފޫޒުން، ދަރިފުޅަށް ފަހިކޮށްދޭ ފުރުސަތުތަކެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެފަދަ ތުހުމަތުތަކަށް ރައްދު ދެއްވަމުން މިނިސްޓަރ މަޙްލޫފް ރޭ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެލީ ގެ ވެސް އަދި އަމިއްލަ ކަމަކަށް ވެސް ދައުލަތުގެ ފައިސާއެއް އަދި މަގާމުގެ ނުފޫޒެއް ބޭނުން ނުކުރައްވާ ކަމަށެވެ.

"އަދި ނުޙައްޤުން އެއްވެސް ފުރުސަތެއް އެލީއަށް ހޯދައިދޭން، ކުރިއެރުމެއް ހޯދައިދޭން، މަސައްކަތް ނުކުރާނަން. އޭރުން އޮޅުވާ އެލެވެނީ އަމިއްލަ ނަފްސަށް، އަމިއްލަ ދަރިފުޅަށް" މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

އެލީގެ ކުރިއެރުމަށް ބައްޕަގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމަކީ ޒިންމާއެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ، ވަޒީރަކަށްވުމުގެ ކުރިން އައިއައިއެފްއޭ 2014 އިން ފެށިގެން އަމިއްލަ ޝައުޤުވެރިކަމުގެ ތެރެއިން ބޮލީވުޑްގައި އެކުވެރިން ތިބޭ ކަމަށެވެ. އަދި އެކަމަށް ބައެއް މީހުން ހަޖޫ ވެސް ޖަހާކަން މިނިސްޓަރ މަޙްލޫފް ފާހަގަ ކުރެއްވިއެވެ.

"އުމުރުން 3 އަހަރުން ފެށިގެން އެލީ ހިންދީ ބަހުން ވާހަކަ ދައްކާތީ، މިއީ ބޮލީވުޑަށް އޮތް ޝައުޤުވެރިކަމުގެ ތެރެއިން އައި ވިސްނުމެއް." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ މިއީ އެންމެންނަށް ވެސް އޮތް ފުރުސަތެއް ކަމަށާއި އެހެން ނަމަވެސް ވަރަށް ބުރަކޮށް މިކަމަށް މަސައްކަތްކޮށް، ޚަރަދުވެސް ކުރަން ޖެހޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި، އެއްބާރުލުމަށް އެދޭ މީހަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Ads by Allied Insurance
  1. ޡަލޯފް

    ބޮޑުބޭބެ ވީޕީއަށް ނުވިނަމަ، މަންމަ ވީޕީ ގެ ޕީއޭ އަށްނުވިނަމަ މަނިކުފާނު މިނިދްޓަރަކަށް ނުވިނަމަ ތޮޔަކަން ވާނެކމަަށް ގަބޫލުލެއް ނުމުރަން. ޟިއަށްކިޔަނީ ނަހަމަ ގޮތުގަ މަގާމްގެ ނުފޫޒުގެ ބޭނުންކުރުން އަދި ކޮރަޕްޝަން

  2. ގުއިލޫފް

    ޝާހީން އަދި ދޮންބިލެތްގެ ހިއްސާ އޮންނަ ކުނފުނި ކަމުގަައިވާ ‘ވާމިލިއަން’ ކުންފުނީގެ އެކައުންޓަށް އޭރުގަައި ޖަމާކުރީ ކޮން ފައިސާއެއް؟ އޮލީވް ގާޑެން ތެރޭގައި ވަރަށް ހަރު އަޑުން ދޮންބިލެތް އެ ވާހަކަ ދެއްކި. ޑު

    ދުލުގައި ހިފާ ނުދަމާ