ދުނިޔެ

ދުނިޔޭގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވީ ދުވަސް: 260000 މީހުން ފައްސި!

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ފައްސިވީ ނިމިދިޔަ އިއްޔެ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ަެއެގޮތުން 260،000 މީހުން މިބައްޔަށް ފައްސިވެފައިވާކަން ރިކޯޑު ކުރެވިފައިވާ ކަމަށް ބޭރުގެ ރިޕޯޓުތަކުގައި ހާމަ ކޮށްފައިވެއެވެ.

އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވަނީ އެމެރިކާ، ބްރެޒިލް، އިންޑިއާ އަދި ސައުތު އެފްރިކާ ގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައިވަނީ އެމެރިކާއިން 71،484 މީހުން މިބައްޔަށް ފައްސި ވެފައިވާ ކަމަށާއި 45،403 މީހުން ބްރެޒިލުން އަދި 34،884 މީހުން އިންޑިއާއިން ފައްސިވެފައިވާއިރު 13،373 މީހުން ސައުތު އެފްރިކާއިން ފައްސި ވެފައިވާ ކަމަށެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވެސް ދުނިޔޭގެ ނިސްބަތަށް ބަލާއިރު މިވަނީ ބޮޑުތަނުން އިތުރު ވެފައެވެ. އެގޮތުން މިހާތަނަށް ޖުމްލަ 601،549 މީހުން މިބަލީގައި މަރުވެފައިވާއިރު އިއްޔެ އެކަނިވެސް 7360 މީހުން މަރުވެފައިވެއެވެ.

އެހެންނަމަވެސް ސިއްޙީ މާހިރުން ބުނާގޮތުގައި ބައްޔަށް ފައްސިވެފައިތިބި މީހުންގެ އަސްލު އަދަދު މިއަދަދަށްވުރެ ގިނަ ވާނެއެވެ. އެއީ ބައެއް ޤައުމުތަކުގައި ޓެސްޓު ކިޓްތައް މަދުވެފައި ވުމުން ވެސް މިހާރު ސާމްޕަލް ނުނެގި ހުރި ކަމަށް ވެސް ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!