ޚަބަރު

ޤަތަރަށް ކުރެއްވި ދަތުރަށްފަހު ރައީސް ޞާލިޙް ހުންނެވީ ކަރަންޓީނުގައި: މަބްރޫކް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޤަތަރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހުންނެވީ ހޯމް ކަރަންޓީނުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިދިޔަ ހަފްތާގެ ތެރޭގައި ގަތަރާއި ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅަށް ފަހު ކަރަންޓީންގެ މުއްދަތު ފުރިހަމަ ނުކުރައްވައިި އައްޑޫއަށް ދަތުރު ކުރައްވަން އުޅުއްވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކުރައްވާފައެވެ.

ނަމަވެސް މިތުހުމަތުތައް ދޮގު ކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ޞާލިޙް މިވަގުތު ހުންނެވީ މުލިއާގޭގައި ހޯމް ކަރަންޓީނުގައި ކަމަަށެވެ. އަދި ރައީސްގެ ހާލުކޮޅު މިވަގުތު ރަނގަޅު ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޞާލިޙް އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައެވެ. އެމަނިކުފާނު އައްޑު އަށް ވަޑައިގަންނަވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރި ފުލުހުންގެ ޓްރޭނިން އެކަޑެމީ ހުޅުއްވައި ދެއްވުމަށް ކަމަށް ވެސް އެނގިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!