ޚަބަރު

ގިނަ ފިޔަވަޅުތައް އުވައިލިއިރު، މިސްކިތްތަކާމެދު އަޅާފައިވާ ފިޔަވަޅު އުވައިނުލުމަކީ ހިތާމަހުރި ކަމެއް: ޑރ. އިޔާޒް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ދެން އިމޭޖްސް

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއި ދީފައިވާއިރު، މިސްކިތްތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީފައި ނުވާތީ، ދީނީ އިލްމުވެރިޔާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ލަތީފް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭއިން މިއަދު ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން އިރުއޮއްސި 6 އަކުން ހެނދުނު 6 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައި އޮތް އޮތުން ވަނީ ނިމުމަކަށް ގެނެސްފައެވެ. އަދި މާލެ ސަރަހައްދުގައި ހުރި ޕާކުތަކާއި މައިޒާންތައް ވެސް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް ވަނީ އަންގަވާފައެވެ. އަދި ކޮންމެ ނަމާދެއްގެ ކުރިން މިވާހަކަ ހަރު އަޑުން މައިކްއިން ދަނީ ގޮވަމުންނެވެ.

ނަމަވެސް އެހެން ފިޔަވަޅުތަކަށް ލުއި ދީފައިވާއިރު މިސްކިތްތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީފައެއް ނުވެއެވެ.

"ކޮވިޑާ ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތައް އުވާލި އިރުވެސް މިސްކިތްތަކާ މެދު އަޅާފައިވާ ޣައިރު ޝަރްޢީ ފިޔަވަޅު އުވާނުލާ ކަމީ ހިތާމަ ހުރި ކަމެއް." އެޗްޕީއޭއާއި އިސްލާމިކް މިނިސްޓްރީ ޓެގް ކުރައްވައި ޑރ. އިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ހޮސްޓް ސްޕޮޓްތަކުގެ ގޮތުގައި މިހާތަނަށް މިސްކިތްތައް ކަނޑައަޅާފައެއް ނުވެއެވެ. މިސްކިތްތަކުން ކޮވިޑް-19 ޖެހޭ ކަމެއްވެސް އެޗްޕީއޭއަކުން އަންގާފައެއް ނުވެއެވެ. ނަމަވެސް މިސްކިތްތަކަށް އަމާޒުކޮށް އެޗްޕީއޭއިން ވަނީ ގިނަ އުސޫލުތަކެއް ހަދާފައެވެ. މިގޮތުން ހުކުރު ޚުތުބާ ކުރުމާއި، ނަމާދުގައި ކުރު ސޫރަތްތައް ކިޔަން އެންގުމާއި ވަކި އުމުރެއްގެ ބަޔަކު ނަމާދަށް މިސްކިތަށް ނުދިއުމަށް އިރުޝާދު ދިނުމާއި ނަމާދުކޮށް ނިމިގެން މިސްކިތުގައި މަޑު ނުކުރުން ހިމެނެއެވެ.

Ads by Ooredoo
  1. ޢަދިވެސް ކަލޭ ބުނާތި މިޔަށްވުރެ ރަނގަޅު ސަރުކާރެއް ނުދެކެމޭ

    • މުހަންމަދު

      ރަގަޅު ވާހަކައެއް…ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭގޭ.