ޚަބަރު

މޯލްޑިވިއަންގެ ފްލައިޓްގައި ޗައިނާގެ ވެކްސިން ރާއްޖެ ގެނެސްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސިނަފޯމް ވެކްސިންގެ ފުރަތަމަ ބެޗް ރާއްޖެއަށް ގެނެސްފިއެވެ. ޗައިނާ އިން ވަނީ ރާއްޖެއަށް ދެ ލައްކަ ޑޯޒްގެ ސިނަފޯމް ވެކްސިން ހަދިޔާ ކޮށްފައެވެ. އެކަމަކު އަދި ރާއްޖެއަށް ގެނެސްފައި ވަނީ އެއް ލައްކަ ޑޯޒްގެ ވެކްސިނެވެ.

ޗައިނާ އިން ރާއްޖެ ހަދިޔާ ކުރި ސައިނޯފާމް ވެކްސިން ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަރަފްވެރިކޮށް ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖާންގް ލީޖޮންގްއެވެ.

Ads by STELCO

ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންގެ ތެރެއިން ފުރަތަމަ އެއްލައްކަ ޑޯޒްގެ އެއް ބެޗު ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގަައި ރޭގެ ވަގުތެއްގައެވެ. އަދި ދެވަނަ ބެޗް މިމަހުގެ 30 ގައި ރާއްޖެ ގެންނައުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި ޗައިނާއިން ހަދިޔާކުރި އެއް ލައްކަ ޑޯޒް ޖެހުމަށް ފަހު، އަނެއް އެއް ލައްކަ ޑޯޒް ބޭނުން ކުރާނީ ދެވަނަ ޑޯޒް ޖެހުމަށެވެ.

ޗައިނާގެ ސިނަފޯމް ވެކްސިން ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ހުއްދަ ދީފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އަދި ރާއްޖޭގައި އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!