ޚަބަރު

ކޮވިޑް-19: މިއަދު ފައްސިވީ 162 މީހުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 162 މީހުން ފައްސިވެ 80 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 99 މީހުންނާއި، އަތޮޅުތެރެއިން 45 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 15 މީހަކާއި ކަނޑު އުޅަނދުފަހަރުން 2 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 23،091 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 20،439 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 66 މީހުން ނިޔާވެެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 103 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 627،306 ސާމްޕަލް ނަގައިފައި ވެއެވެ.

އެޗްޕީއޭ އިން ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައި އޮތް އޮތުން ވަނީ ބާތިލްކޮށްފައެވެ. އެހެންނަމަވެސް ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުވޭނީ ހާއްސަ ހުއްދަ އޮތް ފަރާތްތަކަށެވެ. މީގެ އިތުރުން ހުރިހާ ގްރޭޑެ އަކަށް ސްކޫލަށް ގެންގޮސްގެން ކިޔަވާދިނުން އަންނަ ހަފްތާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!