ޝަމްވީލުގެ "ތިލޯބި ހޫރު"، އުފަން ދުވަހުގެ ހަދިޔާއެއް!

މޯލްޑިވިއަން އައިޑަލް ސީޒަން 2ގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ ޝަމްވީލްގެ ކަވަރ ލަވައެއް ނެރެފިއެވެ.
ޖުބިން އާއި ނެހާ ކައްކަރުގެ އަޑުން ކިޔާފައިވާ "ތާރޯހެ ޝެހެރް"ގެ ރާގަަށް ހަދާފައިވާ މި ލަވައިގައި ޝަމްވީލްއާ އެކު ފެނިގެން ދަނީ ދާއިރާއަށް މުޅިން އައު އަޑެކެވެ.
"ތި ލޯބި ހޫރު" ނަމަކަށް ކިޔާ މި ލަވަ ރިލީޒް ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 00:00ގައެވެ. އެގޮތުން މި ލަވަ ރިލީޒް ކޮށްފައި ވަނީ ލަވައިގައި ފެނިގެންދާ އަންހެން ވޯކަލިސްޓް އައިމިނަތު ރާޔާގެ އުފަންދުވަހާ ދިމާކޮށް ރާޔާގެ އުފަންދުވަހުގެ ހަދިޔާއަކަށް ކަމަށް ޝަމްވީލް ބުނެއެވެ.
ޝަމްވީލް އިތުރަށް ފާހަގަ ކުރީ މި ލަވައަކީ ރިޒް ލިރިކްސް އިން އޭނާއަށް ދިން ފުރުސަތެއް ކަމަށެވެ. އަދި ލަވައިގެ އަންހެން ވޯކަލިސްޓް ޚިޔާރު ކުރީ ޝަމްވީލް ކަމަށާއި ރާޔާގެ ކިޔުމާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ.
މި ލަވައިގެ މިއުޒިކް ހަދާފައި ވަނީ ހުސެންއެވެ. އަދި ލަވައިގެ އާރޓްވޯކް ހަދާފައިވަނީ ޝަރީފްއެވެ.
މި ލަވައަށް ގިނަ ބައެއްގެ ތަރުޙީބު ލިބިގެން ގޮސްފައިވާއިރު، މިހާތަނަށް މި ލަވަ 2000 އަށް ވުރެ ގިނަ މީހުން ވަނީ އަޑު އަހައިފައި ވެއެވެ.