އޯޑަރުކުރީ އައިފޯނަކަށް، ލިބުނީ އައިފޯނުހެން ހަދާފައިވާ މޭޒެއް!

ތައިލޭންޑުގައި ދިރިއުޅޭ ފިރިހެނެއް އައިފޯނަކަށް އޯޑަރު ކުރުމުން ބަދަލުގައި އައިފޯނެއްގެ ބައްޓަމަށް ހަދައިފައިވާ މޭޒެއް ލިބުމުން އެތައް ބައެއްގެ ސަމާލުކަން އެކަމަށް ލިބިގެން ގޮސްފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭނާ އެ ފޯނަށް އޯޑަރު ޖެހީ އަގުހެޔޮ ވުމުގެ ސަބަބުންނެވެ، އެހެންނަމަވެސް ބަދަލުގައި ލިބުނު މޭޒު އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ، އަދި މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ސަމާލުކަން އެ ޕޯސްޓަށް ވަނީ ލިބިގެން ގޮސްފައެވެ.
އޮންލައިން ކޮށް ވިޔަފާރި ކުރާ އެތައް ބަޔަކަށް މިފަދަ އެތައް މައްސަލަތަކަކާ ކުރިމަތި ވެއެވެ. ބޭރުން އޯޑަރު ކުރާ އައިޓަމާ މުޅިން ތަފާތު އެތައް އައިޓަމެއް ލިބޭ މައްސަލައަކީ މިހާރު ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. އެގޮތުން މިފަހަރު މި މީހާއަށް ދިމާވެފައި އެވަނީ ވަރަށް ވެސް ތަފާތު ގޮތެކެވެ.