ފަންނީ ކެޓަގަރީގެ މީހުން ބޭނުން ނަމަ ތަނަވަސް ފްލެޓްތަކަށް ބަދަލުވުމުގެ ފުރުސަތު ދިނުމަށް ނިންމައިފި
ހުޅުމާލޭގެ ހިޔާ ފްލްޓް ލިބިފައިވާ މީހުންގެ ތެރެއިން ފަންނީ ކެޓަގަރީގެ މީހުން ބޭނުން ނަމަ ސަރުކާރުން ހިންގާ އެ އަށް ވުރެ ތަނަވަސް ފްލެޓްތަކަށް ބަދަލުވުމުގެ ފުރުސަތު ދިނުމަށް ނިންމައިފިއެވެ.
ފަންނީ ކެޓެގަރީގެ މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުން އަދި ޓީޗަރުން ހިމެނެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ފަންނީ މީހުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީތަކުން ދާއިމީ ލިސްޓުގައި ހިމެނުނު މީހުންނަށް ސަރުކާރުން ހިންގާ ބޯހިޔާވެހިކަމުގެ އެހެން މަޝްރޫއުތަކުން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވާން ބޭނުންވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މި ކަމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހިޔާ ފްލެޓް ލިބުނު ފަންނީ މީހުންގެ އަތުން ފްލެޓު އަތުނުލާނެ ކަމަށެވެ. އެހެން ނަމަވެސް އެދޭ ނަމަ އެ ފަރާތްތަކުގެ އާމްދަނީއާ ބައްދަލު ގެދޮރުވެރިކަމުގެ ޕްރޮގްރާމަކުން ފުރުސަތު ހަމަޖައްސައި ދިނުމަށް މަޖިލީހުން ހުށަހަޅާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.