ގިނަ އަދަދެއްގެ ބަނގުރަލާއެކު މާލެއިން 4 މީހަކު ހައްޔަރު ކޮށްފި
ގިނަ އަދަދެއްގެ ބަނގުރަލާއެކު މާލެއިން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިއަދު ހަވީރު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ތިން ބިދޭސީއަކާއި ދިވެއްސެކެވެ.
ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން މިއަދު ހަވީރު ފެރީއެއް ވެސް ބަލައި ފާސް ކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރައްވަމުންނެވެ.
Ads by Allied Insurance