ޚަބަރު

ކޮވިޑް ފެތުރިފައިވާ ރަށްރަށަށް އިތުރަށް ސަމާލުކަން ދިނުމަށް ގޮވާލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

ކޮވިޑް-19 ފެތުރިފައިވާ އަތޮޅުތެރޭގެ ރަށްރަށަށް އިތުރަށް ސަމާލުކަން ދީ އިތުރު ވަސީލަތްތައް ފަހި ކޮށްދިނުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

Ads by Hajj Corporation

އާދަމް ޝަރީފް މިއަދު ވިދާޅުވީ ނައިފަރު، ފެލިވަރު އަދި ހުރާ ފަދަ ކޮވިޑް-19 ފެތުރިފައިވާ ރަށްރަށަށް އިތުރަށް މީހުންނާއި ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

“ޓެސްޓުކުރުން ވަރަށް ސްލޯ. ނަތީޖާ ލިބުން މާ ސްލޯ. ނައިފަރު ފަދަ ތޮއްޖެހިފައި އޮންނަ ރަށްރަށުގައި ތަންފީޒު ކުރަން ވާނީ ކަސްޓަމައިޒް ގައިޑްލައިނެއް” އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވެފައިވާ އަދަދުތައް އަންނަނީ ރިކޯޑު އަދަދަކަށް އިތުރުވަމުންނެވެ. އެ ގޮތުން އިއްޔެ ވެސް 300 މީހުން މި ބައްޔަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން 206 މީހުންނަކީ މާލެއިން ބޭރުން ފައްސި ވެފައިވާ މީހުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވަލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ބާތިލު ކޮށް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ބޭރުގައި އުޅުން މަނާކުރި ކާފިއު ވެސް އެޗްޕީއޭއިން މިހާރު ވަނީ އުވައިލައިފައެވެ. އަދި ޕާކުތަކާއި މައިޒާންތައް ވެސް ވަނީ އަލުން ހުޅުވައި، ސުކޫލުތަކާއި ޔުނިވާސިޓީތައް ހުޅުވުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

Ads by HDC
  1. ޖާނޭ

    ތިޔަހެން ވިދާޅުވިއަސް ސޯލިޙް (ސްލޯލިޙް)ގެ ސްޕީޑް ހުންނާނީ ފިނިހަކަ ސްޕީޑްގައި. ޓެސްޓް ނަތީޖާވެސް ހުންނާނީ އެހެން.