ދުނިޔެ

ރޭލެއް އެކްސިޑެންޓުވެ 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓައިވާނުގައި ރޭލެއް އެކްސިޑެންޓުވެ 50އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި 500 އެއްހާ މީހުންނާއެކު ދަތުރުކުރި އެ ރޭލު އެކްސިޑެންޓުވީ ރޭލު ދަގަނޑު މައްޗަށް އެރި ކޮންސްޓްރަކްޝަން ވެހިކަލެއްގައި ޖެހިގެންނެވެ.

އެ ވެހިކަލުގައި ޖެހި، ބިންގަރާހެއްގެ ތެރެއިން ރޭލު ، ދަގަނޑުމަތިން ނައްޓައިގެން ދިޔަ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

މި އެކްސިޑެންޓުގެ ސަބަބުން 50އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމް ވެފައެވެ.

ޓައިވާންގެ ކެޕިޓަލް ޓައިޕޭ އިން ޓައިޓުންގްއަށް ދަތުރުކުރި މި ރޭލުގައި ހިމެނެނީ ދިގު ޗުއްޓީއެއް ހޭދަ ކޮށްލަން ދިޔަ މީހުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ހުކުރު ދުވަހު ހިނގި މި އެކްސިޑެންޓަކީ ޓައިވާނުގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންްޓް ކަމަށް އެ ޤައުމުން ބުނެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ އާއިލާތަކަށް އެ ޤައުމުގެ ރައީސް ސައި ލޯންގްވަން ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!